ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
އިރާން-އެމެރިކާ: ގަލްފު ޞަރަހައްދުގެ ޙަރަކާތްތަައް

އަރަބި ގަލްފު ޞަރަހައްދުގައި އަސްކަރީ މިޝަންތައް ހުއްޓާނުލާ ކުރިޔަށް ގެންދާނަން: އިރާން

  • އިރާނުން އެމެރިކާއަށް އިންޒާރެއް މި ދިނީ އިރާނަށް ޙަމަލާ ދިނުމުގައި ފަސް ނުޖެހޭނެކަމަށް އެމެރިކާއިން ބުނިތާ އެއްދުވަސް ފަހުން
  • އިރާނުން ބުނަނީ މިޝަންތައް ކުރިޔަށްގެންދާނީ ޕްރޮފެޝަނަލް މިންގަނޑާއި އެއްގޮތައް ކަމަށް
  • ފަހަކަށް އައިސް އަސްކަރީ އަދި ޤައިދީން ބަދަލުކުރުމުގެ މައްސަލައިގައި ދެޤައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން ވެރިވެފަ

ކ. މާލެ | 21 މެއި 2020 | ބުރާސްފަތި 01:23 | 3,549

އިރާނުގެ މަނަވަރެއް 'ހޮރްމޫޒް' ކަނޑުއޮޅީގައި ޙަރަކާތްތެރިވަނީ: އިރާނުން ދަނީ މި ޞަރަޙައްުދުގައި އަސްކަރީ މިޝަންތައް ހިންގަމުން - އަލްއަރަބިއްޔާ

'އޭރޭބިއަން ގަލްފް' އަދި 'ގަލްފް އޮފް އޮމާން' ޞަރަޙައްދުގައި އިރާނުން އާދައިގެ މަތިން ކުރިޔަށް ގެންދާ ކަނޑުގެ އަސްކަރީ ޙަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެކަމުގެ އިންޒާރު އިރާނުން ދީފި އެވެ.

އިރާނުން މި މޭރުމުން އިންޒާރެއް ދީފައި މިވަނީ، ގަލްފް ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާ ކަނޑުގެ އަސްކަރީންނަށް މިނިވަންކަމާއެކު އެ ޞަރަޙައްދުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ދިނުމަށް އެމެރިކާގެ ހޯމަދުވަހު ގޮވާލާފައި ވަނިކޮށްނެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ އިރާނުގެ ދައުލަތު މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި، އިރާނުގެ މަނަވަރުތައް އަރަބި ގަލްފު ކަނޑުގެ ޞަރަޙައްދުގައި އާދައިގެ މަތިން ޙަރަކާތްތެރި ވާނީ، ކުރިންވެސް ޢަމަލު ކުރަމުން އައި އުޞޫލުތަކާއެކު، 'ޕެރޮފެޝަނަލް' މިންގަޑެއްގެ ތެރޭގަ އެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ އެމެރިކާގެ މަނަވަރަކަށް އިރާނުން އުނދަގުލެއް ނުވަތަ ޖެއްސުމުގެ އަމަލެއް ހިންގައިފިނަމަ، އަސްކަރީ ވަރުގަދަ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު ދެއްވާފަ އެވެ. ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު، ބަހްރައިނުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ކަނޑުގެ އަސްކަރީ ކޮމާންޑުންވެސް ވަނީ އިރާނާއި ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނެފައި ވަނީ، ގަލްފްގެ ޞަރަޙައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރަމުންދާ މަސައްކަތްތައް ހަރުދާނާކޮށް، ލިބޭ ގެއްލުން ކުޑަކޮށް، ދިފާޢަށް ކުޅުމުގައި އެމެރިކާ ފަސް ނުޖެހޭނެ ކަމަށެވެ. އަދި މިކަމަށް ހުރަސް އެޅެ ފަދަ ޢަމަލެއް ހިންގައިފި ބަޔަކާއި ދެކޮޅަށް ޙަމަލާއެއް ދިނުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު އިރާނުގެ 11 މަނަވަރަކުން ވަނީ، ގަލްފް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ މަނަވަރުތަކާ ކައިރިން ދަތުރުކޮށް މަނަވަރުތަކަށް އުނދަގޫ ކޮށްފަ އެވެ. މިކަން އެމެރިކާއިން ސިފަކޮށްފައި ވަނީ، އިރާނުން ހިންގި ނުރައްކާތެރި ބިރުބޮޑު ޢަމަަލެއްގެ ގޮތުގަ އެވެ.

ފަހަކަށް އައިސް އިރާނާއި އެމެރިކާއާއި ދެމެދު މިފަދަ ކަންކަމާހުރެ ބަހުގު ހޫނު ޙަމަލާތައް ދަނީ ރައްދު ކުރަމުންނެވެ. ޤައިދީން ބަދަލުކުރުމުގެ މައްސަލައާއި އަސްކަރީ މައްސަލަތަކުގައި ބަހުގެ ޙަމަލާތައް ބަދަލުކުރުން މިހާރު ވަނީ ޢާންމުވެފަ އެވެ.

ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގުރާމު ޞުލްޙަވެރިކަމާއެކު ނިމުމަކަށް ގެނައުމުގެ ގޮތުން 2015 ވަނަ އަހަރު ހުޅަނގު ބާރުތަކާއެކު އިރާނުން ވެފައިވާ އެއްބަސްވުުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވި ހިސާބުންނެވެ. މި އެއްބަސްވުމުން ވަކިވުމާއެކު އެމެރިކާއިން ދަނީ އިރާނަށް އެކި ގޮތްގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅާ ޖެއްސުން ކުރުމުގެ ޢަމަލުތައް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.