ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ރޯދަ ބަދިގެ 1441

ވެނީލާ ރައިސް ޕުޑިންގ

  • އެޕަލް ސިރަޕްގެ ބަދަލުގައި އެމީހަކަށް ކަމުދާ ސިރަޕް އެއް ބޭނުން ކޮށްލެވިދާނެ

ކ. މާލެ | 19 މެއި 2020 | އަންގާރަ 14:45 | 2,228

ވެނީލާ ރައިސް ޕުޑިންގ - ރެސިޕީ ތަރޓީ. ކޮމް

ބޭނުންވާ ތަކެތި

  • 1 ޖޯޑު ހަނޑޫ (އާދައިގެ)
  • 3 ޖޯޑު ފުލް ކްރީމް
  • ½ ޖޯޑު ހަކުރު
  • 2 ސަމުސާ ވެނީލާ އެސެންސް
  • 3 ބިސް (ރީނދޫ ބައި)
  • ކުޑަ ލޮނުކޮޅެއް
  • 1 ދަޅު ގެރިކިރު
  • ½ ޖޯޑު އަލްމަންޑް ފްލޭކްސް
  • އެޕަލް ސިރަޕް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ 2 މިނެޓު ވަންދެން ހަނޑޫ ފެނު ކައްކާލާށެވެ. އެއަށްފަހު އެހެން ތެއްޔަކަށް ހަނޑޫ އެޅުމަށް ފަހު، ފުލް ކްރީމް، ހަކުރު، ލޮނު ކޮޅެއް، ވެނީލާ އެސެންސް، އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. ރަނގަޅަށް ހަލަމުން 30 މިނެޓު ވަންދެން ކައްކާލާށެވެ.

ދެން ބޯތައްޓެއްގައި ގެރި ކިރު، ބިސް އަޅައިގެން ރަނގަޅަށް ގިރާލުމަށް ފަހު، ކެއްކި ބަތުގެ ތެރެއަށް އަޅާލާށެވެ. ދެން ރަނގަޅަށް ގަށާލުމަށް ފަހު ތައްޓަކަށް އަޅާފައި އޭގެ މައްޗަށް އެޕަލް ސިރަޕް، އަދި އަލްމަންޑް ފްރައި ކޮށްފައި އަޅާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.