ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުން

ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ޕްރިމިއާ ލީގުގެ ކްލަބުތައް ފަރިތަކުރުންތަކަށް ނުކުންނަނީ

  • ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކު
  • ޖޫން މަހުގެ 12 ވަނަ ދުވަހު ޕްރިމިއާ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުން

ކ. މާލެ | 19 މެއި 2020 | އަންގާރަ 13:27 | 1,755

ލިވަޕޫލުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން - ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބުތަކުން އަންގާރަ ދުވަހު ފަރިތަކުރުންތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިނގިރޭސި ކްލަބުތަކުން އަންގާރަ ދުވަހު ފަރިތަކުރުންތައް ފަށަން ތައްޔާރުވީ، ހޯމަ ދުވަހު އިނގިރޭސި އެފްއޭ އާއެކު ބޭއްވުނު ބައްދަލުވުމަށްފަހު، ލީގު އަލުން ފެށުމުގެ މަޝްވަރާތަކަށް ލިބުނު ކުރިއެރުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ޖޫން މަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ކަމުގެ ހުއްދަ ދީފަ އެވެ.

އެއާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ހޯމަ ދުވަހު އެފްއޭ އިން ބޭއްވި ބައްދަލުވުމުގައި ވަނީ އަންގާރަ ދުވަހު ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދެވެނީ ހަރުކަށި ފިޔަވަޅުތަކަކާއި އެކުއެވެ.

ޕްރިމިއާ ލީގު އަލުން ކުރިއަށް ގެންދަން ކްލަބުތަކާއެކު މަޝްވަރާ ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ލީގު އަލުން ފަށާއިރު މެޗުތައް ތަފާތު 10 ދަނޑެއްގައި ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެފުރުސަތެއް ނުލިބޭނެ އެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.