ކ. މާލެ
|
15 މެއި 2020 | ހުކުރު 03:50
ޕެރިސް ގައި ހުންނަ ސަނޯފީގެ ހެޑްކުއަރޓަރ
ޕެރިސް ގައި ހުންނަ ސަނޯފީގެ ހެޑްކުއަރޓަރ
ރޮއިޓަރސް
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުން
މައްސަލަ ހޫނުވުމުން ކޮވިޑް-19 ވެކްސިން އެއްފަހަރާ ހުރިހާ ގައުމުތަކަށްވެސް ލިބޭނެކަމަށް ސަނޯފީން ބުނެފި
 
ވެކްސިން ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ގައުމުގެ ތަކުގެ ލީޑަރުންނާއި ކުރީގެ ލީޑަރުން ވަނީ ގޮވާލައްވާފަ
 
ސަނޯފީން ކުރިން ބުނީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ލިބޭނީ ވެކްސިން އުފެއްދުމަށް ރިސަރޗް ހެދުމަށް ފަންޑު ކޮށްދޭ ސަރުކާރުތަކަށް ކަމަށް
 
ދުނިޔޭގެ ހުރިހާ ސަރަހައްދަކަށްވެސް ވެކްސިން އެއްފަހަރާ ފޯރުކޮށްދެވޭކަން ޔަގީން ކުރާނެ

ފްރާންސްގެ ފަރމަސޫޓިކަލް ކުންފުންޏެއް ކަމުގައިވާ ސަނޯފީން ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެމެރިކާ އަށް ޚާއްސަ ކޮށްފައިވާ ކަމަށް ބުނުމުން އެމައްސަލަ ހޫނުވުމާއެކު ވެކްސިން ހުރިހާ ގައުމަކަށްވެސް އެއްފަހަރާ ލިބޭނެކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ޗެއަރމަން ސަރޖް ވިންބަރގް ފްރާންސްގެ ޓޫ ޓެލެވިޒަން އެއް ދެއްވި އިންޓަރވިއުއްގައި ވިދާޅުވީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށްވެސް ވެކްސިން އެއްފަހަރާ ފޯރުކޮށްދެވޭކަން ޔަގީން ކުރާނެ ކަމަށެވެ.

ވަކި ޚާއްސަ ސަމާލުކަމެއް ދުރާލާ އެއްވެސް ގައުމަކަށް ނުދޭނެ
ސަރޖް ވިންބަރގް

ވިންބަރގް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އެކި މެނުފެކްޗަރިންގ ޔުނިޓްތަކާއެކު ކަމަށެވެ. މީގެ ބައެއް ޔުނިޓްތައް އެމެރިކާގައި ގާއިމު ވެފައިވާއިރު ގިނަ ތަންތަން ހުރީ ޔޫރަޕްގެ ގައުމުތަކާއި ފްރާންސްގަ އެވެ.

ސަނޯފީން 32 ގައުމެއްގައި 73 އިންޑަސްޓްރިއަލް ތަނެއް ހިންގަމުން ދެއެވެ. މިހާތަނަށް އައިރު ކޮވިޑް-19 އަށް ވެކްސިނެއް ހޯދިފައެއްނުވެ އެވެ. ނަމަވެސް ގިނަ ގައުމު ތަކަކުންނާއި ފަރމަސޫޓިކަލް ކުންފުނިތަކުން އަންނަނީ ވައިރަސް އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސަނޯފީންގެ ޗީޕް އެކްޒެކެޓިވް ޕައުލް ހަޑްސަން ބުރާސްފަތި ދުވަހު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ލިބޭނީ ވެކްސިން އުފެއްދުމަށް ރިސަރޗް ހެދުމަށް ފަންޑު ކޮށްދޭ ސަރުކާރުތަކަށް ކަމަށެވެ. މިއާއެކު އޮފިޝަލުންނާއި ސިއްހީ މާހިރުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. ސަނޯފީން މިކަން ހާމަ ކުރުމާއެކު، ފަރަންސޭސި ރައީސް މެކްރޯންގެ އޮފީހުން މިކަމާ މަޝްވަރާ ކުރުމަށް ސެނޯފީގެ ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އުޅޭ ކަމަށް އޭއެފްޕީން މައުލޫމާތު ދީފައިވެއެވެ.

މިކަމުގެ ކަންބޮޑުވުންތައް ދުނިޔޭގެ ލީޑަރުން ފާޅުކޮށްފައި ވަނިކޮށް ފަހުން ހަޑްސަން ވިދާޅުވީ ކޮވިޑް-19 އަށް އުފެއްދޭ ކޮންމެ ވެކްސިނެއްވެސް ދުނިޔޭގެ ހުރިހާ ހިސާބުތަކަށް ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ވިންބަރގް ވިދާޅުވީ ކުންފުނީގެ ސީއީއޯ ކުރިން ވިދާޅުވި ގޮތް ބަދަލުވެފައިވާ ކަމަށާއި ވެކްސިނަކީ ހުރިހާ އެންމެންގެ ރައްކަލަކަށް ހަދާ އެއްޗެއް ކަމަށް ދެކޭކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދާއިރު ވެކްސިން ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ގައުމުގެ ތަކުގެ ލީޑަރުންނާއި ކުރީގެ ލީޑަރުން ވަނީ ގޮވާލައްވާފަ އެވެ. އެގޮތުން ދުނިޔޭގެ 140 ގައުމެއްގެ ލީޑަރުން ސޮއި ކުރައްވާފައިވާ ސިޓީ އެއްގައި ބުނެފައިވަނީ ވެކްސިން އަކީ ވަކި ބައެއްގެ އެއްޗަކަށް ވާންނުޖެހޭ ކަމަށާއި އެކަމުގެ މައުލޫމާތު ހުރިހާ ގައުމު ތަކަކާއި ހިއްސާ ކުރަންޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
42%
28%
4%
11%
5%
11%
ކޮމެންޓް
16 މެއި 2020 | ހޮނިހިރު 20:04
ޛަކުރު
ޞަލަަަމަ ޖުތުރަ@