ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 10:42
ސޭން ހޯސޭގެ މެޑިކަލް ޓީމުން ކޮވިޑް-19 ގެ ޕޭޝަންޓެއް އިމަރޖެންސީ ރޫމަށް ބަދަލުކުރަނީ
ސޭން ހޯސޭގެ މެޑިކަލް ޓީމުން ކޮވިޑް-19 ގެ ޕޭޝަންޓެއް އިމަރޖެންސީ ރޫމަށް ބަދަލުކުރަނީ
ސީ.އެން.އެން
ކޮވިޑް-19، ޗިލީގެ ހާލަތު
ޗިލީއިން ބުދަ ދުވަހު އެކަނި 2600ށް ވުރެ ގިނަ ކޭސް، ރެކޯޑު އަދަދެއް!
 
ބުދަ ދުވަހު 2660 މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ
 
346 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ވެސް ރެކޯޑުތަކުން ދައްކާ
 
ޗިލީއިން ބަލި ޖެހުނު މީހުންގެ އަދަދު 34381 ށް ވަނީ އަރާފަ

ޗިލީން 2600ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ބުދަ ދުވަހު ރިޕޯޓުކޮށްފިއެވެ.

އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއާއި ހަވާލާދީ، ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން ބުދަ ދުވަހު 2660 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. މިއީ ޗިލީގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނު ދުވަހެވެ.

އެއާއެކު ޗިލީއިން ބަލި ޖެހުނު މީހުންގެ އަދަދު 34381ށް ވަނީ އަރާފައެވެ. އަދި 346 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ވެސް ރެކޯޑުތަކުން ދައްކައެވެ.

ޗިލީގެ ސިއްހަތާއި ބެހޭ ވަޒީރު ޖެއިމޭ މެނެލިޗް ވިދާޅުވީ ކުއްލި އަކަށް ކޭސްތައް އިތުރުވުމާއި ގުޅިގެން ޗިލީގެ ވެރިރަށް ސާންޓިއޭގޯ އާއި އެ ސިޓީގެ ކައިރި ސަރަހައްދުތައް ހަތް ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން، މީޑިއާގައި ހަރަކާތްތެރިވާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅީގެން ރިޔާސީ ގަނޑުވަރުގައި ހަރަކާތްތެރިވާ ޕްރެސް ސްޓާފުން 14 ދުވަހު ގޭގައި ކަރަންޓީނު ވުމަށް އަންގާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް