ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 15:27
ގޭސް ލީކު ވުމުގެ ސަބަބުން ހާލުބޮޑުވި މީހުން ހޮސްޕިޓަލަށް ގެންދަނީ
ގޭސް ލީކު ވުމުގެ ސަބަބުން ހާލުބޮޑުވި މީހުން ހޮސްޕިޓަލަށް ގެންދަނީ
އޭއެފްޕީ
އިންޑިއާގެ ކެމިކަލް ޕްލާންޓެއް ލީކުވުން
އިންޑިއާގެ ކެމިކަލް ޕްލާންޓަކުން ނުރައްކާތެރި ގޭހެއް ލީކުވެ 9 މީހުން މަރުވެއްޖެ
 
1500އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފައިވާކަމަށް ފުލުހުން ބުނޭ
 
މި ކެމިކަލް ޕްލާންޓުން ލީކުވެފައިވަނީ "ސްޓައިރީން" ނަމަކަށް ކިޔާ ގޭހެއް
 
300 އާއި 400 އާ ދެމެދުގެ އަދަދެއްގެ މީހުން ވަނީ ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވިފަ

އިންޑިއާގެ އަންދްރަޕްރަދޭޝްގެ ސިނާޢީ ޞަރަޙައްދެއްގައި ހުރި ކެމިކަލް ޕްލާންޓަކުން ނުރައްކާތެރި ގޭހެއް ލީކުވެ، 9 މީހުން މަރުވެއްޖެއެވެ.

އެ ޤައުމުގެ ފުލުހުންނާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ޙާދިސާގައި އެ ޞަރަޙައްދުގައި އުޅުނު 9 މީހަކު މަރުވެފައިވާއިރު، 300 އާއި 400 އާ ދެމެދުގެ ޢަދަދެއްގެ މީހުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވިފައިވާކަމަށެވެ. އެގޮތުން މި ކެމިކަލް ޕްލާންޓުން ލީކުވެފައިވަނީ "ސްޓައިރީން" ނަމަކަށް ކިޔާ ގޭހެއްކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން، 1500އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފައިވާކަމަށް އެ ޞަރަޙައްދުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ސްވަރޫޕާ ރާނީ ވިދާޅުވެފައިވެއެވެ.

ކެމިކަލް ޕްލާންޓުގެ ވެރިފަރާތާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިހާރު ގޭސް ލީކުވުން ހުއްޓުވުމަކަށް ގެނެވިފައިވާއިރު، އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
75%
25%
0%
0%
ކޮމެންޓް