ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 22:34
ހުޅުމާލެ މަގުމަތި ދައްކުވައިދޭ މަންޒަރެއް
ހުޅުމާލެ މަގުމަތި ދައްކުވައިދޭ މަންޒަރެއް
ރާއްޖެއެމްވީ
ގޭގައި ތިބިގެން ކޮށްލަން މުހިއްމު ކަމެއް
ތިބެންވީ ގޭގައި، ބޭރަށް ދާނަމަ ބައްދަލުވާ މީހުންނާއި ތަންތަން ނޯޓްކޮށްލާ
 
އިޖްތިމާއީ ގައިދުރުކަން ދަމަހައްޓާ، ގޭގައި ތިއްބަވަން އާދަކުރައްވާ
 
މާލެއިން ފެނުނު ކޭސްތަކާ ގުޅޭ 242 މީހަކު ވަނީ ހޯދިފަ
 
ވައިރަސް ފެތުރެން ދިމާވަނީ އިރުޝާދުތަކަށް ބޯނުލެނބުމުން

މިދިޔަ ބުދަ ދުވަހު މާލެ ސިޓީން ކޮވިޑް-19 އަށް މީހަކު މިވަނީ ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވެފަ އެވެ. މާލެ ސިޓީން ފެނުނު މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް 22 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު، މި ކޭސްތަކާއި ގުޅިގެން 242 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ދަނީ ކުރަމުންނެވެ. އަދި ކޮންޓެކްޓް ޓެރޭސިންގ އަށް ފަހު، އިތުރު މީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ކުރެވެމުންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މާލެ އިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތެއް ވާނަމަ ވީ އެންމެ އަވަހަކަށް އެޗްޕީއޭއަށް އެންގުމަށްވެސް ވަނީ އެދިފަ އެވެ. ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތުގެ ތެރެއިން މިހާ ގިނަ ބަޔަކާ ދިމާވެފައި ވުމުން އެންއީއޯސީ ގެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި އަދަދުތައް ގިނައީ ޕާޓީ ތަކާއި މަސްދަތުރުތަކާއި، އާއިލާގެ ގޭގެ އަށް ޒިޔާރަތް ކުރުމާއި، ދުއްވަން ދިއުންފަދަ ކަންކަމުގެ ތެރެއިން ކަމަށް ވަނީ ހާމަކޮށްފައެވެ.

މާލެ އިން ފެނުނު ކޭސްތަކާއި ގުޅިގެން، ހއ. އިން ފެށިގެން ގޮސް އައްޑޫ ސިޓީ އާ ހަމައަށް ގޭގެ މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިވާއިރު މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިއްބަވާށޭ އެންގިއިރުގައި ވެސް މިއީ ޗުއްޓީ އެއް ކަމަސް ދެކިގެން މަޖާ ނަގަން ނޫޅުމަށް ކުރި އިލްތިމާސްތައް ދިޔައީ ފެނަށެވެ.

ހެޔޮހިތުން ދޭ ނަސޭހަތެކެވެ. ކޮންމެ ބޭފުޅަކު ވެސް ތިބާ އާއި ތިބާ އެންމެ ލޯބިވާ ފަރާތްތައް މި ނުރައްކާތެރި ވައިރަހުން ސަލާމަތްކުރުމަށްޓަކައި ދުރާލާ ރައްކާތެރި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މި ލޮކްޑައުންގައި ގޭގައި ތިއްބަވާއިރު ފާއިތުވި 14 ދުވަހު ގޮސްފައިވާ ތަންތަނާއި، ދިޔަ ވަގުތު ތަކާއި، ދިމާވި މީހުންނާއި، ހޭދަކުރި ވަގުތުތައް ނޯޓް ކޮށްލެއްވުމަކީ ކުރެވިދާނެ ކަމެކެވެ.

މިއީ ކޮންޓެކްޓް ޓްރޭސިންގ ހަދާ ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި، އެ މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް ލުއި ފަސޭހަތަކެއް ވެގެން ދާނެ އެވެ. އަދި އެއަށް ވުރެ ވެސް މޮޅު ގޮތެއް އެބައޮތެވެ. ގެއިން ބޭރަށް ވަޑައިނުގެން ގޭގައި ތިއްބަވާށެވެ. އާއިލާއާ ބައްދަލުކޮށް، ގާތްތިމާގެ މީހުންނާއި އެކުވެރިންނާ ގުޅުން ބަދަހިކުރާނެ ވަގުތު ﷲ ގެ އިރާދަފުޅުން އަދި ލިބޭނެ އެވެ.

މި ވަގުތަށް މޮޅު އިތުރު ގޮތެއް ނެތެވެ. މި ދިމާވި ހާދިސާ އިން އެންމެނަށް ލިބެންވީ ފިލާވަޅެކެވެ. އެ ފިލާވަޅުގެ ފޮނި މީރުކަން ތިބާއާ، ތިބާގެ އާއިލާގެ އިތުރުން މުޅި މުޅި މުޖުތަމައަށް ކުރާނެ ކަމަށް މި ދަންނަވަނީ އިހުލާސްތެރި ހިތަކުންނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
0%
50%
0%
ކޮމެންޓް