ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 11:42
މީގެކުރިން ލަންކާގައި ތިބި ރައްޔިތުންނަށް ވަނީ ތަކެތި ފޮނުވާފައި
މީގެކުރިން ލަންކާގައި ތިބި ރައްޔިތުންނަށް ވަނީ ތަކެތި ފޮނުވާފައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
 
ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 10 އެޕްރީލް ވާ ހުކުރު ދުވަހު
 
ފުރުސަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 600 ފަރާތަކަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނޭ

ކޮވިޑް-19 އާއި ގުޅިގެން ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް ގައި ޓްރިވެންޑްރަމް އަށް ދަތުރުކުރާ ފްލައިޓުން އެތާނގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވިއަނުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިގޮތުން، ޓްރިވެންޑްރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިފަހަރު ފުރުޞަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމު ހުށަހަޅުއްވާ 600 ފަރާތަކަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ވެބްސައިޓް ލިންކް:/https://www.foreign.gov.mv/index.php/en

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 10 އެޕްރީލް ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ހޮޓްލައިން ނަންބަރު: 302399 އަދި 3023943 އާއ ގުޅައިގެން ކުރިޔަށް ގެންދިޔުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ޓްރިވެންޑްރަމް އަށް މޯލްޑިވިއަންއިން ކުރާ ދަތުރަކީ މި މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައުމަށް ޓިކެޓް ނެގިފަހުން ފުލައިޓް ކެންސަލްވެގެން ނުގެނެވި ތިބި މީހުން ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. މިދަތުރުގެ ޓިކެޓްކަމަށް މޯލްޑިވިއަނުން ހަމަޖައްސާފައިވަނީ އިންޑިއާގެ ކޮޗިންއަށް 149 ޑޮލަރަށް އަދި ޓްރިވެންޑްރަމްއަށް ހަމަޖައްސަފައިވަނީ ޓިކެޓެއް 199 ޑޮލަރަށެވެ.

މީގެކުރިން ލަންކާއިން މުދާ ގެނައުމަށް ކުރި ދަތުރަކުންވެސް ވަނީ އެތާންގައި ތިބި ދިވެހިންނަށް ބޭނުންވާ ތަކެތި ފޮނުވުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް