ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ކާފިއު ގަޑީގައި މިއަދު 215 މީހަކު ބޭރަށް ނިކުތް

  • މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުން

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 23:06 | 2,758

މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށްފައި - ޔޫސުފް ސޮފްވާން ރަޝީދު

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކާފިއު އިޢުލާނުކޮށްފައިވާ ގަޑީގައި ބުދަ ދުވަހު ބޭރަށް ނިކުމެ އުޅުނު 215 މީހަކަށް ނަޞޭހަތް ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެގަޑީގައި ނަޞޭހަތް ދީފައިވަނީ 177 ދިވެހިންނަށާއި 38 ބިދޭސީންނަށްކަމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 6 މީހަކަށް ބުދަ ދުވަހު ވަނީ ދެވަނަ ފަހަރަށް ނަޞޭޙަތް ދީފައެވެ. މިހާތަނަށް މިގަޑިތަކުގައި ނުކުތް 2 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ކާފިއު ވަގުތުގައި ބޭރުތެރޭގައިއުޅޭ މީހުން ޖޫރިމަނާއާ ހަމައަށްދަނީ ދެފަހަރަށް ނަޞޭޙަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ބެލުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތްގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 ށް ކާފިއު އިޢުލާން ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެގަޑީގައި ތަކުރާރުކޮށް ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.

މިހާތަނަށް އާއިރު ކާފިއު ގަޑީގައި މީހުންނަށް ނަޞޭޙަތްދީފައިވާ ގޮތަކީ:

2 އޭޕްރީލް ގައި 95 މީހުން

3 އޭޕްރީލް ގައި 151 މީހުން

4 އޭޕްރީލް ގައި 141 މީހުން

5 އޭޕްރީލް ގައި 139 މީހުން

6 އޭޕްރީލް ގައި 183 މީހުން

7 އޭޕްރީލް ގައި 182 މީހުން

8 އޭޕްރީލް ގައި 215 މީހުން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.