ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުގައި އިތުރު ކަރަންޓީން ފެސިލިޓީއެއް ޤާއިމު ކުރަނީ

  • މި ފެސިލިޓީ ހުންނާނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި
  • މަސައްކަތުގެ ކޮންސްޓްރަކްޝަނަށް ހޭދަވާނެ ކަމަށް ބެލެވެނީ 12 މިލިއަން ރުފިޔާ
  • މެޑިކަލް އިކްވިޕްމަންޓް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ

ކ. މާލެ | 8 އޭޕްރިލް 2020 | ބުދަ 23:03 | 2,867

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް - ރައީސް އޮފީސް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުގައި އިތުރު ކަރަންޓީން ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުގައި ޤާއިމު ކުރާ ފެސިލިޓީ ހުންނާނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ކޮންސްޓްރަކްޝަނަށް ހޭދަވާނެ ކަމަށް ބެލެވެނީ 12 މިލިއަން ރުފިޔާ ކަމަށާއި، އެކިކަހަލަ މެޑިކަލް އިކްވިޕްމަންޓް ހޯދުމަށް 28 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް މަބްރޫކު ވިދާޅުވިއެވެ.

300 އެނދުގެ ޖާގައަކާއެކު، އަލަށް ޤާއިމުކުރާ މި ފެސިލިޓީގައި ސަރވިސް ބިލްޑިންގއަކާއި، އެކޮމޮޑޭޝަން ބިލްޑިންގއެއް ހުންނާނެ ކަމަށާއި، އަލަށް ގެންނަ ވެންޓިލޭޓަރުތައްވެސް ބޭނުންކުރާނީ އެތަނުގައިކަން މަބްރޫކު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.