ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 19:02
ބްރިޖްގައި ބަސް އަދި އެހެނިހެން އުޅަނދު ދަތުރުކުރަނީ
ބްރިޖްގައި ބަސް އަދި އެހެނިހެން އުޅަނދު ދަތުރުކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
ބަސް ދަތުރު
ބަސް ދަތުރުގެ ޝެޑިއުލްއަށް އަނެއްކާވެސް ބަދަލު ގެނެސްފި
 
އެންމެ ފަހު ބަސް އޮންނާނީ ރޭގަނޑު 10 ޖަހަންދެން

ކޮވިޑް-19 އާ ގުޅިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަސް ދަތުރުގެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ ބަސް ދަތުރުތަކުގެ ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެގޮތަށް ބަދަލު ގެނައީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން ކަމަށެވެ. ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ ދެން ބަހުގެ ހިދުމަތް ދޭނީ މެންދުރު 15:45 ވަން ދެނެވެ. އަދި ރޭގަނޑު 10 ޖަހަންދެން ކަމަށެވެ.

ކާފިއު އިއުލާން ކުރުމުން ބަސް ދަތުރުތަކަށް މީގެ ކުރިން ބަދަލު ގެނައެވެ. އޭރު ހަވީރު ހަތަރަކަށް އެންމެ ފަހުގެ ބަސްތައް ދަތުރުކުރިއިރު ރޭގަނޑު 11 ޖަހަންދެން ހިދުމަތް ދީފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރަމުންދަނީ ރައްޔިތުން ގޭގައި ތިބުމަށެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް