ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 22:23
ޑރ. މޫސާ މުރާދު: މިހާރު އަންގާފައިވާ އެންގުންތަކަށް ތަބާ ނުބާނަމަ 24 ގަޑި އިރުގެ ކާފިއުއަކަށް ގޮސްދާނެކަމުގެ އިޝާރާތެއް މުރާދު ދެއްވި
ޑރ. މޫސާ މުރާދު: މިހާރު އަންގާފައިވާ އެންގުންތަކަށް ތަބާ ނުބާނަމަ 24 ގަޑި އިރުގެ ކާފިއުއަކަށް ގޮސްދާނެކަމުގެ އިޝާރާތެއް މުރާދު ދެއްވި
ރާއްޖެއެމްވީ
ކާފިއު
ކޮވިޑް-19: އެންގުންތަކަށް ތަބާ ނުވާނަމަ 24 ގަޑި އިރުގެ ކާފިއުއަކަށް ގޮސްދާނެކަމުގެ އިންޒާރު ޑރ. މުރާދު ދެއްވައިފި
 
ކާފިއު ހިންގި ގަޑީގައި ހޮނިހިރު ދުވަހު އެކަނިވެސް 141 މީހަކު ހުއްޓުވާފައިވޭ
 
ކުރެވޭ ކަމެއްގެ ސަބަބުން މިފަދަ ހާލަތަކަށް (24 ގަޑި އިރުގެ ކާފިއު) ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް
 
24 ގަޑިއިރު މިފަދަ ބަންދަކަށް ނުވަތަ ކާފިއުއަކަށް ނުގޮސް މި ތިބެވެނީ ނަސީބު ރަނގަޅުކަމުން

ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ކާފިއު ހިންގާ ގަޑީގައި އެއަށް ޢަމަލު ނުކުރެވޭނަމަ އަދި ކުރެވޭ ކަމެއްގެ ސަބަބުން 24 ގަޑި އިރުގެ ކާފިއުއަކަށް ދިއުން އެކަށީގެންވާ ކަމަށް ވިދާޅުވެ ޑރ. މޫސާ މުރާދު އިންޒާރު ދެއްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ މަގުމަތީގައި ނޫޅުމަށް ގަޑިއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިގަޑި ނަގައިގަންނަން ޖެހެނީ މަޖުބޫރީއެއްގެ ގޮތުގައި ނޫން ކަމަށާއި، މިއީ ބަލިން ރައްކާތެރިވުމަށް ލިބެ ފުރުޞަތެއްގެ ގޮތުގައި ބެލުން މުހިންމު ކަމަށް މުރާދު ވިދާޅުވިއެވެ. އަދި 24 ގަޑިއިރު މިފަދަ ބަންދަކަށް ނުވަތަ ކާފިއުއަކަށް ނުގޮސް މި ތިބެވެނީ ނަސީބު ރަނގަޅުކަމުން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ނަމަވެސް ކުރެވޭ ކަމެއްގެ ސަބަބުން މިފަދަ ހާލަތަކަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑުގެ ވެސް އިލްތިމާސަކީ އަދި މި ފެންނަ މަންޒަރަކީ މިއީ މަޖުބޫރީ ގަޑިއެއްގެ ގޮތުގައި ދެކެވިގެން އެ ގަޑި ޖެހެންވާ އިރަށް ވަރަށް ގިނައިން މަގުމަތީގައި އެކި ކަންތައް ކުރުމަށް މަގުމައްޗަށް ނުކުމެވިފައި އަދި އެ ގަޑި ނިމޭއިރަށް ކުއްލިއަކަށް މަގުމައްޗަށް މަޖްބޫރީން ދޫވާ ހާލަތެއް އައިހެން ހީވެގެން ހުރިހާ އެއްމެން އަނެއްކާ ވެސް ނިކުމެގެން ދުއްވައިގަންނަ ކަހަލަ މަންޒަރެއް އަޅުގަނޑުމެންނަށް މި ފެންނަނީ. މިއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ އެންމެންނަށް ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން ކުރެވޭ ކަންތައްތަކެއްވީމަ އެކަންތައް އެގޮތުގައި ބަލައިގަނެ ކޮންމެ ގަޑިއެއްގައިވެސް އަޅުގަނޑުމެން މިކިޔާ އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް އަދި އަމަލުތައް ބެހެއްޓުން ވަރަށް މުހިންމު،
ޑރ. މޫސާ މުރާދު

ޑރ. މުރާދު ވިދާޅުވީ ސޯޝަލް ޑިސްޓެންސް މިވަގުތު ބެހެއްޓުން މުހިންމު ކަމަށެވެ. ނަމަވެސް ބޭންކް އަދި އެނޫންވެސް އެފަދަ ޚިދުމަތެއް ދެވޭ ތަނެއްގައި އެކަން ނުކުރެވޭ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މިކަމަކީ ތިމައާއި، ތިމާގެ ޢާއިލާއާއި އަދި މުޅި މުޖްތަމަޢުގެ ރައްކަލަކަށް ކުރާ ކަންތައްތައްކަމަށް ދެކިގެން މިކަން ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ކޮށްދެއްވުން އެއީ ކުރީ ސަފަށް ނުކުންނަން ތިބި މީހުންގެ ޙައިޞިއްޔަތުން ހުރިހާ ބޭފުޅުންގެ ފަރާތުން އެދޭ އެދުމެއް ކަމަށް ވެސް މުރާދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީރު ވިދާޅުވީ ބޭރުގައި ދުއްވާ ތަކެތި ދުއްވުން ހުއްޓާލާފައި އޮންނަ ގަޑިތަކެއް އެބައޮތް ކަމަށާއި، އިލްތިމާސް ކުރަމުން މިދަނީ އެގަޑިތަކުގައި އެއްވެސް ގޮތަކަށް ވެހިކަލްތައް ނުދުއްވުމަށް ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު އެކަނިވެސް 141 މީހަކު ހުއްޓުވާފައިވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ. އަދި އޭގެ ތެރެއިން 119 ދިވެހިންނާއި 22 ބިދޭސީން ހިމެނޭ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
3%
3%
83%
3%
3%
3%
ކޮމެންޓް