ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 21:44
ވ. ކެޔޮދޫ: އެރަށުގައި ހުރި ދިވެއްސެއް ގައިން ނެގި ސާމްޕަލް ނެގެޓިވް ވުމާއެކު ރަށް ވަނީ މޮނިޓަރިންގ ހާލަތުން ނެގިފައި
ވ. ކެޔޮދޫ: އެރަށުގައި ހުރި ދިވެއްސެއް ގައިން ނެގި ސާމްޕަލް ނެގެޓިވް ވުމާއެކު ރަށް ވަނީ މޮނިޓަރިންގ ހާލަތުން ނެގިފައި
ސޯޝަލް މީޑިއާ
ކެޔޮދޫ
ކޮވިޑް-19: ކެޔޮދޫން ނެގި ސާމްޕަލް ނެގެޓިވް
 
މިހާތަނަށް ޖުމްލަ 1491 ސާމްޕަލްއެއް ނެގިފައިވޭ

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ވ. ކެޔޮދޫއިން ދިވެއްސަކު ގައިން ނެގި ސާމްޕަލް ނެގެޓިވް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކެޔޮދޫ ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނައެވެ. އަދި އެމީހާގެ ސާޕްމަލް ނަގާ ޓެސްޓް ނަތީޖާ ނެގެޓިވް ވުމުން އެރަށް ވަނީ މޮނިޓަރިންގެ ޙާލަތުން ނެގިފައެވެ.

މަބްރޫކް ވިދާޅުވީ އިތުރު ރަށެއް މިހާތަނަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު، މޮނިޓަރިންގެ ޙާލަތުގައި މިވަގުތު އޮތީ ކޮންސްޓެންސް މޫފުށި އެކަންޏެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާ އިރު މިހާރު ފަރުވާ ދެމުން އަންނަނީ އިގިރޭސިވިލާތުން އައި 4 ދިވެހިންނަށެވެ. އިތުރު ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގައި ފަރުވާ ދެމުންދާ 4 މީހުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް 1491 ސާމްޕަލްއެއް ނެގިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1364 ނެގެޓިވްވެފައިވާ ކަމަށާއި، 5 ސާމްޕަލް ނަތީޖާ ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން ފެސިލިޓީގައި މިހާރު ތިބީ ވެލިދޫގައި ތިބީ 12 މީހުންނެވެ. އަދި ކަރަންޓީންގައި މިހާރު ތިބީ 833 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް