ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 18:55
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ރާއްޖޭގެ ޤާނޫނާއި ޤަވާއިދަށް އިހްތިރާމް ކުރުމަށް އިލްތިމާސްކުރަން: ޓޫރިޒަމް މިނިސްޓްރީ
 
ބޭރުގެ މުވައްޒަފުން އެމީހުންގެ ފްލައިޓް ކޮންފޯމް ނުވަނީސް އެއަރޕޯޓަށް ގެންދާކަމުގެ ޝަކުވާ ލިބެމުންދާކަން ވަނީ ފާހަގަކޮށްފައި
 
ުސާރަ ނުލިބޭގޮތަށް މުވައްޒަފުން ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާކަން ވަނީ ފާހަގަކޮށްފައި

ބައިނަލްއަޤުވާމީ ކާރިޘާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުންވެސް ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމް ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ މިހާރު ދުނިޔެއާއި ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ޤާނޫނާއި ޚިލާފަށް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާއި ނުލާ ވަޒީފާއިން ވަކި ކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ރާއްޖޭން ބޭރުގެ މުވައްޒަފުން އެމީހުންގެ ފްލައިޓް ކޮންފާރމް ނުވަނީސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ. ހަމައެހެންމެ ކޮންފާރމް ފްލައިޓެއްނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކު ވިޔަސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ނުފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި އެންގުމާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޤާނޫނާއި ޤަވާއިދުތަކުގެ މަތީގައި ދެމިތިބެ ނަމޫނާ ދައްކަވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ. މިޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް