ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 18:33
އެމިރޭޓްސްގެ ފްލައިޓެއް
އެމިރޭޓްސްގެ ފްލައިޓެއް
ރައީސް އޮފީސް
ކޮވިޑް-19
އެމިރޭޓްސްގެ ދަތުރުތައް މި މަހު ފަށަނީ
 
މަހުގެ 6 ވަނަ ދުވަހުން ފެށިގެން މަދު ފަސިންޖަރުންތަކެއް ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ އަލުން އެމިރޭޓްސްއަށް ދީފައިވޭ

އެމިރޭޓްސްގެ ދަތުރުތައް މި މަހު ފަށަން ނިންމައިފިއެވެ.

ދުބާއީގެ ޤައުމީ އެއަރލައިން، އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފައިވާއިރު ދުބާއީގެ ސިވިލް އޭވިއޭޝަން އިދާރާގެ ރައީސް ޝައިޚް އަޙްމަދު ބިން ސައީދް އަލް މަޚްތޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މަދު ފަސިންޖަރުންތަކެއް ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ އަލުން އެމިރޭޓްސްއަށް ދީފައިވާކަމަށެވެ.

މިއީ ދުބާއީގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމަށް ގެންގޮސް ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި ވިޔަފާރި މުދާ ގެނެސް ފޮނުވުމަށް ވެސް މި ފްލައިޓްތައް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިޔަށް އޮތްތާގައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޞިއްޙީ ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި މަޑުމަޑުން އެމިރޭޓްސްގެ އޮޕަރޭޝަންތައް ޢާންމު ޙާލަތައް ގެންނައުމަށް ނިންމާފައިވެއެވެ.

އެމިރޭޓްސްއިން ކޮވިޑް-19 ގެ ސަބަބުން ދަތުރު ފަތުރުކުރުން ހުއްޓާލާފައިވަނީ މާރޗު މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެބޮޑެތި ގެއްލުުންތަކެއް ވަމުންދަނީ އެއަރލައިންތަކަށެވެ. އެގޮތުން ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް މެދުކަނޑާލާފައިވާއިރު، ރާއްޖެއަށް އަންނަ ބައެއް އެއަރލައިންތަކުން މިހާރުވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ކޮވިޑް-19 ރާއްޖެ އިން ވެސް ފެނިފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އޮންއެރައިވަލް ވިސާގައި ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
46%
0%
54%
0%
0%
ކޮމެންޓް