ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 13:16
ކިޔުކަންބާ ވެލެއް
ކިޔުކަންބާ ވެލެއް
އައްޑޫ މީދޫ ކޯޕްރޭޓިވް
އެގްރި ސެންޓަރު
އެގްރި ސެންޓަރު އަންނަ މަހު ހުޅުވަނީ
 
ދަނޑުވެރިންގެ އަތުން ގަންނަ ބާވައްތައް ވިއްކުމާއި މަރކެޓްކުރުމުގައި ހަރަކާތްތެރިވާނީ އެސްޓީއޯއިން
 
ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައުޟޫއަށް ދެކެވޭ ވާހަކަތައް ވަނީ އިތުރުވެފައި
 
ރާއްޖޭގައި ހައްދާ ބާވަތްތައް ގަންނާނެ

ދަނޑުވެރިކަމުގެ ބާވައްތައް ގަތުމަށް އެސްޓީއީއޯން ހުޅުވާ، އެގްރި ސެންޓަރު އަންނަ މަހު ހުޅުވާނެ ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެސްޓީއޯ އެގްރި ސެންޓަރު މެއި 1 އަކުން ފެށިގެން ހުންނާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިސެންޓަރުން ރާއްޖޭގައި ހައްދާ ބާވަތްތައް ގަންނާނެ ކަމަށެވެ.

މޭވާއާ ތަރުކާރި ގަންނާނެ ފެސިލިޓީއެއްގެ ގޮތުގަ މަސައްކަތް ކުރާނެ ކަމަށް. އަދި މިކަމަށް ރަޖިސްޓަރ ކޮށްދެއްވުމަށް. އަދި އާންމުކޮށް އަންގާފައި އެވަނީ މިހާރު ރާއްޖޭގައި ހައްދާ ތަކެތި އެސްޓީއޯއިން ގާންނާނެކަމުގެ ޔަގީންކަން.
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ދަނޑުވެރިކަން ފުޅާކުރަންޖެހޭކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ދަނޑުވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މިއީ ލިބުނު އިތުރު ފުރުސަތެއް ކަމަށާއި، މިކަމުން ވެސް މަންފާ ލިބޭނެ ކަމަށެވެ.

ފުޑް ސެކިއުރިޓީއަކަށް ބަލާއިރު ވެސް މިވަގުތު ރާއްޖެއަށް އިކޮނޮމީ ޑައިވާސް ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތް.
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

މަބްރޫކް ވިދާޅުވީ ދަނޑުވެރިކަމާ ގުޅުންހުރި ގިނަ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ކަމަށާއި، ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްތަކުގެ ކުލީގެ އަގު ވެސް ކުޑަ ކުރާ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ޚާއްސަ ޕްލޭނެއް ފިޝަރީޒް މިނިސްޓްރީން ހަދާފައިވާކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަން ކުރުމަށް ބާރުއަޅާ، އެ މަގަށް ސިޔާސަތުތައް ބައްޓަންކުރަން ސަރުކާރުން މަސައްކަތް ފަށާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ކާބޯތަކެތި ލިބުމުގެ ދަތިތަކާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް