ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:47
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް
އަމްނާ އިމާދު
ކޮވިޑް-19
އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންގެންދިޔަ ޚިދުމަތްތައް އޭއީއެޗްއަށް ބަދަލުކޮށްފި
 
ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް އެދިވަޑައިގެންނެވި
 
އެޗްއާރުއެޗް ބޭނުންކުރަމުންދާނީ ފްލޫ ކްލިނިކްގެ ގޮތުގައި

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެމުންގެންދިޔަ ޚިދުމަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އޭއީއެޗްގެ މެނޭޖަރ ޝަރަފް ޝަދާތް ވިދާޅުވީ އެޗްއާރުއެޗްއިން ދެމުން ގެންދިޔަ ހުރިހާ ޚިދުމަތްތަކެއް އޭއީއެޗްއަށް ބަދަލުކުރެވިފާ ކަމަށެވެ. އަދި އެޗްއާރުއެޗް ބޭނުންކުރަމުންދާނީ ފްލޫ ކްލިނިކްގެ ގޮތުގައި ކަމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ޓްރެވަލް ހިސްޓްރީއެއް އޮތް ފަރާތެއްނަމަ ފްލޫކްލިނިކަށް ދިއުމުގެ ކުރިން ކްލިނިކަށް ގުޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް މެންދުރުފަހު 2:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 7:00 އިން 10:00 އަށެވެ.

އަލަށް ހުޅުވާފައިވާ އޭއީއެޗްއިން ދުވާލެއްގެ މައްޗަށް 350 އެއްހާ މީހުން ޚިދުމަތް ހޯދަމުންދާ ކަމަށް ޝަރަފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް