ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:02
އައިއެމްއެފް
އައިއެމްއެފް
ޓްވިޓަރ
ކޮވިޑް-19
އެސްޑީއާރްގެ ދަށުން އައިއެމްއެފުން 30 މިލިއަން ހޯދެނޭ: އަމީރް
 
އައިއެމްއެފްއާ އެކު ދަނީ ވާހަކަ ދެކެވެމުން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފުން) މެމްބަރު ގައުމުތަކަށް އެހީގެ ގޮތުގައި ދޫކުރަ ސްޕެޝަލް ޑްރޯވިން ރައިޓް (އެސްޑީއެފްއާރް) ދަށުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އައިއެމްއެފަކީ ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް އަބަދުވެސް ދިރާސާކުރަމުންދާ ބައެއް ކަމަށެވެ. އައިއެމްއެފްގެ އިކޮނޮމިސްޓުންގެ ޓީމުން ކޮންމެ އަހަރަކުވެސް ރާއްޖެ އަަންނަކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، އައިއެމްއެފްއާ ވާހަކަ ދައްކަނީ ޕްރޮގްރާމްއަކަށް ދާން ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން އައިއެމްއެފާ ވާހަކަ ދައްކަނީ، މިފަދަ ހާލަތްތަކުގައި މެމްބަރު ގައުމަތަކަށް ދޫކުރާ އެސްޑީއާރް ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މިހާރު އެސްޑީއާރްގެ ދަށުން ރާއްޖެއަށް އެންމެ ގިނަވެގެން ލިބޭނީ 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އެވެ.

އެ ވާހަކަތައް އަޅުގަނޑުމެން އެބަދައްކަން އައިއެމްއެފާއި އެއްކޮށް ސްޕެޝަލް ޑްރޯވިން ރައިޓްސްގެ ތެރެއިން އަޅުގަނޑުމެންނަށް އެލޮކޭޓް ވެފައި އިން މިންވަރު މި ދަނޑިވަޅުގައި އެއްކޮށް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން
އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރު

އަމީރު ވިދާޅުވީ، އިގްތިސާދީ ކާރިސާއަކަށް ދިޔުމުން އެހެން ގައުމުތަކުން ނަގާ ޕްރޮގްރާމްއަކަށްދާން ރާއްޖޭގެ ވިސްނުމެއް ނެތް ކަމަށެވެ. މި ޕްރޮގްރާމްތަކަކީ އައިއެމްއެފްއިން ކަނޑައަޅާފައިވާ ހާއްސަ ޝަރުތުތަކަކަށް ބޯލަނބަން ޝަރުތުކޮށް ދޫކުރުވޭ ފައިސާގެ އެހީގެ ޕްރޮގްރާމެކެވެ.

އައިއެމްއެފްގެ ޕްރޮގްރާމުގެ ޝަރުތުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމާއި (މުވައްޒަފުން ވަޒީފާތަކުން ވަކިކޮށްގެން) އަދި ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް