ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 13:20
އެމްއެންޔޫގެ ދަރިވަރުން
އެމްއެންޔޫގެ ދަރިވަރުން
ރައީސް އޮފީސް
ކޮވިޑް-19
ދަނާލްތަކުގައި ތިބި ދަރިވަރުންގެ 2 މަހުގެ ފީ މައާފުކޮށް ދީފި
 
މާރޗް މަހާއި އެޕްރީލް މަހުގެ ފީ މަޢާފް ކުރުމަށް ވަނީ ނިންމާފައި

ދަނާލް ތަކުގައި ތިބި ދަރިވަރުންގެ ދެ މަހުގެ ފީ މަޢާފްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ނިންމައިފިއެވެ.

އެމްއެންޔޫއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ޔުނިވަރސިޓީގެ ކިޔެވުން ކުރިއަށް ނުގެންދެވޭތީ އާއި ގައުމުގެ އިގްތިސާދީ ގިނަ ހަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާތީ ޔުނިވަރސިޓީގެ މާލެ އާއި އަތޮޅުތަކުގެ ދަނާލް ތަކުގައި ތިބި ދަރިވަރުންގެ މާރޗް މަހާއި އެޕްރީލް މަހުގެ ފީ މައާފު ކުރުމަށް ޔުނިވަރސިޓީން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ރާއްޖޭގައި ފެތުރުން ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރުމަށް އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އަދި މި ފެށޭ ހަފްތާއަކީ ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރިތާ ތިންވަނަ ހަފްތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް