ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 10:55
އޮސްޓްރޭލިއާގެ ސިޑްނީގެ މަައި މަގު
އޮސްޓްރޭލިއާގެ ސިޑްނީގެ މަައި މަގު
އޭއެފްޕީ
ކޮވިޑް-19
ކޮވިޑް-19: އޮސްޓްރޭލިޔާގައި ވައިރަސް ފެތުރޭ މިންވަރު އެއްވަރެއްގަ ހިފެހެއްޓިފައި
 
ފަރުވާ ހޯދަމުންދާ މީހުންގެތެރެއިން 50 މީހުން އިންޓެންސިވް ކެއަރ ޔުނިޓުތަކުގައި
 
އޮސްޓްރޭލިޔާގައި މަރުވާ މީހުންގެ އަދަދު އުޅޭނީ %1 ގައި
 
ފާއިތުވެދިޔަ ތިން ދުވަހު ވައިރަސް ފެތުރޭ ނިޞްބަތް ވަނީ %9 އަށް ދަށްކުރެވިފައި

އޮސްޓްރޭލިއާގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ވައިރަސް ފެތުރޭ މިންވަރު ދަށްކަމަށް އެޤައުމުން ރިޕޯޓުކޮށްފިއެވެ.

ދައުލަތުގެ ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން އެޤައުމުގެ ހެލްތު މިނިސްޓަރ، ގްރެގް ހަންޓް ވިދާޅުވީ، އެޤައުމުގައި މިހާރު ރިޕޯޓުކުރެވިފައިވަނީ ގާތްގަނޑަކަށް 4،400 ކޭސްކަމަށެވެ. ވައިރަސް ފެތުރެމުންދާ ޒާތައް ބަލާނަމަ، މީގެ އެއް ހަފުތާކުރިން ވައިރަސް ފެތުރޭ މިންވަރު ހުރީ 25-30 އިން ސައްތައިގައިކަމަށާއި، ނަމަވެސް ފާއިތުވެދިޔަ ތިން ދުވަހު ވައިރަސް ފެތުރޭ ނިޞްބަތް %9 އަށް ދަށްކުރެވިފައިވާކަމަށެވެ. މީގެއިން ދައްކުވައިދެނީ ވައިރަސް ފެތުރޭ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓެމުން އަންނަކަން ކަމަށް ގްރެގް ވިދާޅުވިއެވެ.

ގްރެގް ވިދާޅުވީ ފަރުވާ ހޯދަމުންދާ މީހުންގެތެރެއިން 50 މީހުން އިންޓެންސިވް ކެއަރ ޔުނިޓުތަކުގައި ފަރުވާދެމުންދާއިރު، 20 މީހަކު ވެންޓިލޭޓަރުގައި ތިބި ކަމަށެވެ. އަދި މިހާތަނަށް އެޤައުމުން މަރުވެފައިވަނީ 19 މީހުންކަން އޭނާ ވަނީ ހާމަކުރައްވާފައެވެ. އަދި މިހާތަނަށް އާއިރު، އެޤައުމުގައި 230،000އަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޓެސްޓުކުރެވިފައިވާކަން ފާހަގަކުރައްވާ ގްރެގް ވިދާޅުވީ، އޮސްޓްރޭލިޔާގައި މަރުވާ މީހުންގެ އަދަދު އުޅޭނީ %1 ގައި ކަމަށެވެ.

ގްރެގް ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަރުވާ މީހުންގެ ނިޞްބަތްހުރީ %10ގައި ކަމަށާއި، އޮސްޓްރޭލިޔާއަށް ވައިރަސް ފެތުރޭ މިންވަރާއި އަދި މަރުވާ މީހުންގެ ނިޞްބަތް ދަށްކުރެވިފައިވަނީ، ކުރިޔާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން، އޮސްޓްރޭލިޔާގައި ކުރިޔަށްގެންދަނީ ޤައުމެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދާ ވައިރަސްއަށް ޓެސްޓުކުރުމުގެ ޕްރޮގުރާމުކަމަށެވެ. ޕްރޮގުރާމުން ދައްކުވައިދޭ އަދަދުތަކުން އޮސްޓްރޭލިޔާ އޮތީ މިކަމުގައި ދުނިޔޭގެ އެންމެ ކުރީގައިކަން އެނގިގެންދާކަމަށްވެސް ގްރެގް ވިދާޅުވިއެވެ.

ގްރެގްގެ ވާހަަކަފުޅުގައި، އެޤައުމުން ތަޙައްމަލުކުރަމުންދާ ދަތި އުނދަގޫ މިދުވަސްވަރުގައި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އާންމު އީޖާބީގޮތެއްގައި ބަލައިގަންނާތީ ޝުކުރު އަދާކުރިއެވެ. ވަކިން ޚާއްޞަކޮށް ސަރުކާރުގެ އެދުުގެ މަތިން ގޭގައި މަޑުކޮށްގެން ތިބި މީހުންނަށާއި، ކަރަންޓީންއާއި، އައިސޮލޭޝަންގައި ތިބި މީހުން ފާހަނގަކުރެއްވިއެވެ. އަދި މިވަގުތު ވައިރަސްޖެހޭ މީހުންގެ އަަދަދު މަދުވިނަމަވެސް، އިޖުތިމާއީ ގައިދުރުކަން އަދިވެސް ހިފެހެއްޓުމަށް ގްރެގް ވަނީ އިލްތިމާސްކޮށްފައެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް