ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 09:29
ކޮރޯނާ ބާގަރގެ ފުއްގަނޑު
ކޮރޯނާ ބާގަރގެ ފުއްގަނޑު
ރޮއިޓަރސް
ކޮވިޑް-19
ހަނޯއީ އިން "ކޮރޯނާ" ބާގަރއެއް އުފައްދައިފި
 
ދުވާލެއްގެ މައްޗަށް 50 ވަރަަކަށް ބާގަރ ވިކޭ

ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ޤާއިމުކޮށްފައިވާ ފިއްޒާ ހޯމް ޓޭކްއަވޭ ޝޮޕް އިން ކޮރޯނާގެ ނަމުގައި ބާގަރއެއް އުފައްދައިފިއެވެ.

މި ބާގަރތައް ހުންނަނީ ފެހިކުލައިގައެވެ. ފިއްޒާ ހޯމް ޓޭކްއަވޭ ޝޮޕްގެ ޝެފް ހޯންގް ރަންގް ބުނީ އެތަނުން ދުވާލެއްގެ މައްޗަށް 50 ވަރަަކަށް ބާގަރ ވިކޭ ކަމަށެވެ.

މި ތީމްގެ މައްޗަށް ބިނާކޮށް ބާގަރއެއް އުފައްދަން ނިންމީ އެތާނގައި މަސައްކަތް ކުރާ ޓީމުން ގެންގުޅޭ މިޖާޒީ ޖުމުލައެއްގެ މައްޗަށް ބިނާކޮށް ކަަމަށެވެ. އެއީ "އެމީހަކު އެއްޗެއް ދެކެ ބިރުގަންނަ ނަމަ، އެ އެއްޗެއް ކާލާ" މި ޖުމުލައިގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިއީ މިހަލަ ދަނޑިވަޅެއްގައި ޢާންމުންނަށް ކުޑަކުޑަ ހިނިތުންވެމެއް ގެނެސްދިނުމަށްޓަކައި ކޮށްދިން ކަމެއް ކަމަށް އޭނާ ބުންޏެވެ.

ވިއެޓްނާމުގައި މިހާރު ގިނަ ވިޔަފާރީތައް ވަނީ ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައެވެ.

ކޮވިޑް-19 މި ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ބައެއް ޤައުމުތައް ލޮކްޑައުން ވެސް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
67%
0%
0%
0%
33%
0%
ކޮމެންޓް