އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19

ކޮވިޑް-19: ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށްފި

  • ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއަރޕޯޓަށް ދިއުން އިސްތިސްނާވާނެ
  • ކުރީގެ އެންގުންވަނީ ބާތިލްވެފައި

ކ. މާލެ | 31 މާރޗް 2020 | އަންގާރަ 07:05 | 173,800

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް - ރާއްޖެއެމްވީ

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގު ހާލަތު އިއުލާނުކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާރަ ދުވަހު އެ އެންގުން އިސްލާހުކޮށް ދަތުރުކުރުމުގައި އިސްތިސްނާވާ ހާލަތްތައް އާއްމުކޮށްފައެވެ.

އިސްތިސްނާވާ ހާލަތްތައް

  1. ރިސޯޓުތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ނުވަތަ ސަފާރީއަށް
  2. ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއަރޕޯޓަށް ދިއުން.
  3. ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއަރޕޯޓަށް ދިއުން. (މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިސޯޓަށް ނުވަތަ ސަފާރީއަށެވެ. އަދި އެފަދަ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިސޯޓުތަކުންނާއި ސާފާރީތަކުން ބަލަހައްޓަންވާނެއެވެ.)
  4. ރިސޯޓުތަކާއި ސަފާރީތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓުތަކަށް ނުވަތަ ސަފާރީތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ނުވަތަ ސަފާރީއާ ހިސާބަށް ދިއުން. (މިފަދަ ފަރާތްތައް ރިޒޯޓަށް
  5. ފައިބައިފައިވާ ނަމަ، ނުވަތަ ސަފާރީއަށް އަރައިފައިވާނަމަ، އެ ފަރާތްތަކަށް ރިސޯޓުން ނުވަތަ ސަފާރީން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ.)

ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނާއި އެހެނިހެން ބޭނުންތަކުގައި ރިޒޯޓުތަކަށް ޒިޔާރަތްކޮށްފައިވާ މީހުން އެހެން ރަށަކަށް ދާން ބޭނުންވާނަމަ

- ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ، ރިސޯޓުގައި ކަނޑައަޅައިފައިވާ ސަރަޙައްދެއްގައި ކަރަންޓީނުގައި މަދުވެގެން 14 (ސާދަ) ދުވަސް ފުރިހަމަކޮށްފައިވުން. މި ހާލަތުގައި މީހުންނަށް ފޭބޭނީ އެގްޒިޓް ސްކްރީނިންގ ހެދުމަށްފަހު އަދި ކޮވިޑް 19 އަށް ޓެސްޓުކޮށް، އެ ޓެސްޓުގެ ނަތީޖާ ލިބުމުން

- އެ ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ، އެ ރިޒޯޓަށް އެންމެފަހު ފަތުރުވެރިޔާ ދިޔަ ފަހުން މަދުވެގެން 14 (ސާދަ) ދުވަސް ވެފައިވުން. މި ހާލަތުގައި އެ ރިސޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ނެތުން.

- އެ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިފަހުން މަދުވެގެން 14 (ސާދަ) ދުވަސް ވެފައިވުން. މި ހާލަތުގައި އެ ރިޒޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ނެތުން

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރް ސޮއިކުރައްވާ ނެރުއްވާފައިވާ އުސޫލުގެ ދަށުން ސަފާރީތަކުގައި މަސައްކަތް ކުރަމުން ގންދާ މުވައްޒަފުންނަށް ސަފާރީން ފޭބޭނީ ސަފާރީން އެންމެ ފަހު ފަތުރުވެރިޔާ ފޭބި ފަހުން މަދުވެގެން 14 (ސާދަ) ދުވަސް ވެފައިވާ ނަމައެވެ. އަދި އެ ހާލަތުގައި އެ ސަފާރީން ބައްޔަށް ޕޮޒިޓިވްވިމީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ނެތް ކަމަށް ޔަގީންވުމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.