އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އެޑްވައިސަރ ޕޮޒިޓިވްވުމާއެކު ނަތަންޔާހޫ ވެސް ކަރަންޓީނަށް

  • އޭނާ ވަނީ ބުރާސްފަތި ދުވަހުވެސް ބޮޑުވަޒީރާއި ބައްދަލު ކުރައްވާފަ
  • މިހާރު ނަތަންޔާހޫ ގެންދަވަނީ ސެލްފް އައިސޮލޭޓް ކުރައްވަމުން
  • އެޑްވައިސަރާއެކު ބައްދަލުކުރެއްވި މުވައްޒަފުންވެސް މިހާރު ދަނީ ސެލްފް އައިސޮލޭޓް ކުރައްވަމުން

ކ. މާލެ | 30 މާރޗް 2020 | ހޯމަ 17:32 | 117,137

ބެންޖަމިން ނަތަންޔާހޫއާއި އެޑްވައިސަރ ރިވްކާ ޕަލޫކް - ސުޕުނިޓްނިކް އިންޓަނޭޝަނަލް

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެޑްވައިސަރ ރިވްކާ ޕަލޫކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމަ ދުވަހު ނަތަންޔާހޫގެ އެޑްވައިސަރ ޓެސްޓުތައް ޕޮޒިޓިވްވެފައިވާއިރު، ޕަލޫކް ވަނީ ބުރާސްފަތި ދުވަހުވެސް ބޮޑުވަޒީރާ ބައްދަލު ކޮށްފައެވެ. އެގޮތުން މިހާރު ނަތަންޔާހޫ ގެންދަވަނީ ސެލްފް އައިސޮލޭޓް ވެވަޑައިގެން ކަރަންޓީންއަށް ތައްޔާރުވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަތަންޔާހޫގެ އެޑްވައިސަރ ރިވްކާ ޕަލޫކް ވައިރަސްއަށް ޓެސްޓުކޮށްފައިވަނީ އޭނާގެ ފިރިމީހާ ވައިރަސްއަށް ޕޮޒިޓިވްވެ އެޑްމިޓް ކުރުމާއި ގުޅިގެންނެވެ.

ނަތަންޔަހޫގެ އިތުރުން، އެޑްވައިސަރާއެކު ބައްދަލުކުރި މުވައްޒަފުން ވެސް މިހާރު ދަނީ ސެލްފް އައިސޮލޭޓް ކުރަމުންނެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކެއް، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

އިޒްރޭލުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4300 އަށްވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން 16 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.