ބުދަ 05 އޯގަސްޓު 2020
08 އަހުލިހަ
1441 ޒުލްޙައްޖު 15
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:34
އިރުއޮއްސޭ 18:22
އިޝާ 19:37
ކޮވިޑް-19

ކޮވިޑް-19: ޔޫއޭއީގައި ޕޮޒިޓިވްވި މީހާގެ ތަފްސީލު މިއަދު ލިބޭނެ: މަބްރޫކް

  • ޔޫއޭއީގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ވަނީ ހާމަކޮށްފަ

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 16:01 | 199,872

މަބްރޫކް އަޒީޒު - ރައީސް އޮފީސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ތަފްސީލް މިއަދު ލިބޭނެ ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 ޓާސްކްފޯހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް އަޒީޒު ވިދަޅުވީ ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ރިޕޯޓުކޮށްފައިވާ އިރު، އެކަން ދިވެހި ސަރުކާރަށް ކަށަވަރު ކޮށްދެވޭނީ އެގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ސްޓޭޓްމަންޓެއް ދިނުމުން ކަމަށާއި، އެ ސްޓޭޓްމަންޓް މިއަދު ލިބޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަމާގުޅޭ މަޢުލޫމާތު ޔޫއޭއީގެ ސަރުކާރު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އެކަމާގުޅުންހުރި ލިޔެކިޔުންތައް ފޮރިން މިނިސްޓްރީއަށް ލިބޭނެކަމަށެވެ.

ޔޫއޭއީގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ވަނީ ހާމަކޮށްފައެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ހާމަކޮށްފައިވާ ގޮތުން އާދިއްތަ ދުވަހު އެ ގައުމުގައި ތިބި 50 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އަދި ހަތަރު މީހަކު ފަރުވާދީގެން ރަނގަޅުވެފައިވެއެވެ. އެ މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ކްލޯޒް ކޮންޓެކްޓްވި މީހުންގެ އިތުރުން އެހެން ގައުމުތަކުން އެ ގައުމަށް އެތެރެވެފައިވާ މީހުންކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައިވެއެވެ. އަދި އެމީހުން ތިބީ ރަނގަޅު ޙާލަތުގައި ކަމަށާއި، އެމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާދެމުން އަންނަކަމަށްވެސް ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.