ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
60 ކިލޯގެ މަސްތުވާތަކެތި

60 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރުކޮށްފި

  • 11 މީހުންގެ ތެރެއިން 7 މީހަކު ހައްޔަރުކުރީ މަސް ދޯންޏަކުން
  • އަނެއް 4 މީހުން ހައްޔަރުކުރީ ހުޅުމާލެއިން

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 11:23 | 14,434

މީހުން ހައްޔަރުކުރި ކަމަށް ބެލެވޭ ދޯނި - ޓްވިޓަރ

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 60 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީީޑިއާއިން ބުނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާ,އި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި, މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި 60 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައި ގަނެފައިވާ ކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަތުލައިގަނެފައިވާ 60 ކިލޯގެ މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފުލުހުން ބުނީ، މިމައްސަލާގައި 11 ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ 11 މީހުންގެ ތެރެއިން 7 މީހުން ހައްޔަރުކޮށްފައިވަނީ މަސްދޯންޏަކުން ކަމަށާއި އަނެއް 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވިދާޅުވެފައި ވެއެވެ.

ދޭތެރެދޭތެރެއިން ގިނަ އަދަދުތަކުން މަސްތުވާތަކެތި ރާއްޖެއެތެރެކުރާ މީހުން އަތުލައިގަނެ އެވެ. އަދި ބޭރުގެ ކަނޑު ބޯޓު ފަހަރުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުންދާއިރު، ވައިގެ މަގުންވެސް މަސްތުވާތަކެތު އެތެރެކުރާ މީހުން ދޭތެރެދޭތެރެއިން ހައްޔަރު ކުރެވެއެވެ.

އެގޮތުން މިދިއަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ އަތުލައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.