ކ. މާލެ
|
25 މާރޗް 2020 | ބުދަ 11:26
އެމެރިކާއިން މިހާތަނަށް 55،235 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
އެމެރިކާއިން މިހާތަނަށް 55،235 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
ސީ.އެން.އެން
ކޮވިޑް-19
ކޮވިޑް-19: އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ޚާއްސަކޮށް 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އެކުލަވާލައިފި
 
އަންއެމްޕްލޯއިމަންޓް އެއިޑް ގޮތުގައި 250 ބިލިއަން ޑޮލަރު
 
ކުދި ވިޔަފާރިތަކާއި ލޯނުތަކަށް 350 ބިލިއަން އެމެރިކާ ޑޮލަރު
 
ބޮޑަށް އަސަރުކުރާ އިންޑަސްޓްރީތަކަށް ލިބޭ ގެއްލުންތައް ކަވަރ ކުރުމަށް 500 ބިލިއަން

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ޚާއްސަކޮށް 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އެކުލަވާލައިފިއެވެ.

ވައިޓްހައުސްގެ ރިޕޯޓްތަކާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާނެ "ސްޓިމިއުލަސް ޕްލޭން" އެއްގެ އެއްބަސްވުމަކަށް އާދެވިފައެވެ.

އެގޮތުން 2 ޓްރިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ މި ޕެކޭޖްގައި އެންމެ ބޮޑަށް އަސަރުކުރާ އިންޑަސްޓްރީތަކަށް ލިބޭ ގެއްލުންތައް ކަވަރ ކުރުމަށް 500 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވާއިރު، އެ ޤައުމުގެ ވަކިވަކި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3000 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ވަނީ އެކުލަވާލެވިފައެވެ.

އޭގެ އިތުރުން، ކުދި ވިޔަފާރިތަކާއި ލޯނުތަކަށް 350 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، އަންއެމްޕްލޯއިމަންޓް އެއިޑް ގޮތުގައި 250 ބިލިއަން އަދި ހޮސްޕިޓަލުތަކަށް ޚާއްސަކޮށް 75 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ.

އެމެރިކާ ސަރުކާރުން މައުލޫމާތުދޭ ގޮތުގައި މި ޕެކޭޖަކީ ކޮވިޑް-19 އާ ގުޅިގެން އެ ޤައުމުގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ގެއްލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެކޭޖެކެވެ. އެގޮތުން މި އަދަދަކީ އެމެރިކާއިން ނޭޝަނަލް ޑިފެންސްއާއި، ސައިންޓިފިކް ރިސާޗުތަކަށްވެސް ނުކުރާ ވަރުގެ ބޮޑު ހޭދައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން މިހާތަނަށް 55،235 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް 801 މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ. އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް އެމެރިކާ އޮތީ މުޅި ދުނިޔެއިން މި ވައިރަސް ފެތުރޭ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
0%
0%
50%
ކޮމެންޓް