ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ކުޅިވަރު - ކޮވިޑް-19

ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް

  • ގާޑިއޯލާ ވަނީ ސްޕެއިންއަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައި

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 25 މާރޗް 2020 | ބުދަ 02:48 8,475

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ - ގެޓީ އިމޭޖާސް

ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ކަމަށްވާ ސްޕެއިން ސަލާމަތްކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދީލަތި އެހީއެއް ވެއްޖެ އެވެ.

ސްޕެއިން އަށް އުފަން ގާޑިއޯލާ ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. މިހާރު އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއަށް ކޯޗުކޮށްދެމުން އަންނަ ގާޑިއޯލާގެ އަމިއްލަ ގެ ހުންނަނީ ސްޕެއިންގެ ބާސެލޯނާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާއަށް މީގެ ކުރިން ކޯޗުކަން ކޮށްދީފައިވާ ގާޑިއޯލާ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައިވަނީ މެޑިކަލް ކޮލެޖު އޮފް ބާސެލޯނާ އާއި އެންޖެލް ސޮލާ ޑެނިއެލް ފައުންޑޭޝަނުން ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނަކަށެވެ.

ސްޕެއިންއަކީ ޔޫރަޕްގައި ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. އެގޮތުން މިހާތަނަށް ސްޕެއިނުން 39،800 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، މި ވައިރަސް ޖެހިގެން އެ ގައުމުން 2،800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިން އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ޖަރުމަންގައި ހަދާފައިވާ ފަންޑަށް އެގައުމުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޖަރުމަން ގައުމީ ޓީމުގެ ކުޅުންތެރިން ގުޅިގެން ވަނީ 2.5 މިލިއަން ޔޫރޯއަށްވުރެ ގިނަ ފައިސާ ހޯދާފައެވެ. އަދި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އާއި ޕޯލް ޕޮގްބާ ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ. އަދި ދާދި ފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް