ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 19:01
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން
ކޮރޯނާވައިރަސް (ކޮވިޑް-19)
ސްޕެނިޝް ލީގު އަލުން ފަށަން ޕްލޭނެއް އެކުލަވާލައިފި
 
ޔޫރޯ އަންނަ އަހަރަށް ފަސްކުރުމުން ލީގު ނިންމަން ވަނީ ފުރުސަތު ލިބިފައި
 
މިހާރު ރޭވިފައި އޮތް ގޮތުންނަމަ ސްޕެނިޝް ލީގު ފަށަން ނިންމައިފައިވަނީ އޭޕްރީލް 23 ވަނަ ދުވަހު

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑައިލާފައިވާ ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފަށަން ޕްލޭންއެއް އެކުލަވައިލާފައިވާ ކަމަށް ސްޕެނިޝް ލަލީގާ ހިންގާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

ސްޕެނިޝް މީޑިއާގައި މި ފަހުން ދެކެވުނު ވާހަކައަކީ ސްޕެއިނިޝް ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ނިންމާ ސްޕެއިނުގެ ފުޓުބޯޅަ ފެޑަރޭޝަނާއި އެލްއެފްޕީއޭއިން އެކަމަށް އިއްތިފާގުވެފައިވާ ވާހަކައެވެ. އެކަމަކު މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ އަންނަ އަހަރަށް ފަސްކުރުމުން ލީގު ނިންމަން ވަނީ ފުރުސަތު ލިބިފައެވެ.

ޔުއެފާ އާއި އެކު ބޭއްވުނު ބައްދަލުވުމަށްފަހު ޓެބާސް ވިދާޅުވީ ސްޕެނިޝް ލީގު ފުރިހަމަކުރަން ޕްލޭންއެއް ހެދިފައިވާ ކަމަށާއި ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއްޖެނަމަ ލީގު ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޓެބާސް އިތުރަށް ވިދާޅުވީ މިހާރު ރޭވިފައި އޮތް ގޮތުންނަމަ ސްޕެނިޝް ލީގު ފަށަން ނިންމައިފައިވަނީ އޭޕްރީލް 23 ވަނަ ދުވަހު ކަމަށާއި ނަމަވެސް އެއައްވުރެ ލަސް ވިޔަސް މައްސަލައެއް ނެތި ލީގު ނިންމައިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕްގެ އެންމެ މަގުބޫލް ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާށ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން މިއަހަރު ބެއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޮޅަ މުބާރާތްވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް