ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ކޮވިޑް-19: މޯލްޑިވިއަން

މޯލްޑިވިއަނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެނެސް މާދަމާއިން ފެށިގެން ޓިކެޓް އޮފީސް ބަންދުކުރަނީ

  • 18 މާޗް (މިއަދު) ން ފެށިގެން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް ހަފްތާއަކު 3 ދުވަހު
  • އިންޑިއާގެ ކޮޗިންއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މާރޗް މަހުގެ 19، 21 އަދި 23 ވަނަ ދުވަހު
  • އިންޑިއާގެ ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާއަށް ކުރާ އެންމެ ފަހު ދަތުރުކުރާނީ މާޗް މަހުގެ 20 ވާ ހުކުރު ދުވަހު
  • 19 މާޗް (މާދަމާ) އިން ފެށިގެން ވަކި ދުވަހެއް އަންގަންދެން ޓިކެޓް އޮފީސް ބަންދުވާނެ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 18 މާރޗް 2020 | ބުދަ 18:53 4,728

ހަނިމާދޫއިން ކޮޗިންއަށް ދަތުރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ސިމާހާ ނަސީމް

ކޮވިޑް-19 އާއި ގުޅިގެން ގައުމީ އެއަރލައިނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް މޯލްޑިވިއަންއިން ބަދަލުތައް ގެނެސްފިއެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާލައިންގެ ބައިނަލްއަޤްވާމީ ދަތުރުތައް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން، 18 މާޗް (މިއަދު) ން ފެށިގެން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް ހަފްތާއަކު 3 ދުވަހު ކަމަށެވެ. އަދި ދިވެހިރާއްޖެއިން އިންޑިއާގެ ކޮޗިންއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މާރޗް މަހުގެ 19، 21 އަދި 23 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާގެ ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާއަށް ކުރާ އެންމެ ފަހު ދަތުރުކުރާނީ މާޗް މަހުގެ 20 ވާ ހުކުރު ދުވަހު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ޝެޑިއުލަށް ބަދަލުއަތުވެއްޖެނަމަ އެކަން އާންމުކޮށް އަންގާނެ ކަމަސް ވެސް ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެނެސްފައިވާ އިރު، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 މާޗް (މާދަމާ) އިން ފެށިގެން ވަކި ދުވަހެއް އަންގަންދެން ޓިކެޓް އޮފީސް ބަންދުވާނެކަމަށްވެސް މޯލްޑިވިއަން އިން ވަނީ އަންގާފައެވެ. އަދި ކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން އަދި ވަކި ގަޑިތަކުގައި ކޯލް ސެންޓަރު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ. އެގޮތުން ކޯލް ސެންޓަރު އަދި ވައިބަރގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ ގަޑިތަކަކީ އާދިއްތައިން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ބަންދު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ދުވަހުން ދުވަހަށް ރީފަންޑް ދޫކުރުންވެސް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށާއި، މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް