ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ކޯވިޑް-19 އާ ގުޅިގެން ވަރުން އާއި ނަތާޝާގެ ކައިވެނި ފަސްކުރަނީ

  • ކުރިން މި ކައިވެނި ކުރުމަށް ނިންމަފައިވަނީ ވިންޓާގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 18 މާރޗް 2020 | ބުދަ 18:42 1,561

ވަރުން ދަވަން އާއި ނަތާޝާ ދަލާލް - ހުއިވަޔަރ.ކޮމް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން އެންމެންގެ ރައްކަލަކަށްޓަކައި އާންމު އެއްވެއުޅުން ގިނަ ގައުމުތަކުގައި ވަނީ މަނާކޮށްފައެވެ.

އެހެންކަމުން ގިނަ ފިލްމުތައް ރިލީޒް ކުރާ ދުވަސްތަކާއި ފިލްމުތަކުގެ ޝޫޓިންތައް ކެންސަލް ކޮށްފައިވާއިރު ގިނަ ސެލެބްރިޓީންގެ ކައިވެނިތައް ވެސް ދަނީ ފަސްކުރަމުންނެވެ.

އެގޮތުން ބޮލީވުޑްގެ ތަރި ވަރުން ދަވަން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި ވެސް ވަނީ ފަސްކޮށްފައެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނި ވިންޓަރ ގައި ކުރުމަށް ކުރިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ކައިވެނި ކުރުމަށް ކުރިން ނިންމާފައިވަނީ ތައިލެންޑްގެ ރިސޯޓެއްގައި ޑެސްޓިނޭޝަން ވެޑިން އެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މީގެ އިތުރުން ޖޯދްޕޫރްގައި ވެސް މި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ހަވީރު ވަރުން ވަނީ އިންސްޓަރގްރާމް ލައިވް ޗެޓުން އޭނާގެ ފޭނުންނާއި ވާހަކަ ދައްކާފައެވެ. ވަރުންގެ ކައިވެންޏާއި ގުޅޭ ގޮތުން ފޭނުން ސުވާލު ކުރުމުން ވަރުން ބުނެފައިވަނީ އެ ސުވާލަށް ޖަވާބު ދީ ދީ އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އޭނާގެ ކައިވެނީގެ ކަންތައްތައް ހަމަޖެހުމުން އެކަން ހާމަ ކުރާނެ ކަމަށާއި މިދުވަސްކޮޅު އެންމެންވެސް އުޅެނީ ކޮވިޑް-19 ގެ ކަންތަކާއިގެން ކަމަށް ވަރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް