ހޮނިހިރު 04 އޭޕުރިލް 2020
10 ރޭވަ
1441 ޝައުބާން 11
ފަތިސް 04:51
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:14
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ދަތުރުވެރިންގެ މާރުކޭޓް

މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފި

  • ދަތުރުވެރިންގެ މާރުކޭޓް އަލުން މަރާތުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 165 ގޮޅި

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 17 މާރޗް 2020 | އަންގާރަ 19:08 5,207

މާރުކޭޓް ގޮޅު ގުރޫލުން - މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފިއެވެ.

ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާ ބެހޭބައިގައި ގޮޅިތަކަށް އެދުނު ފަރާތްތަކުގެ ގުރުއަތުލުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. މާލޭ ދަތުރު ވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓް ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކާ، ކުރިން ގޮޅި ލިބި ގަވައިދުން ގޮޅި ހިންގާފަރާތްތަކުގެ ކެޓަގަރީއާއި، ގޮޅި ހިންގުމަށް ހުށަހެޅި އަންހެނުންގެ ކެޓަގަރީއާއި، އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކެޓަގަރީތަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކާ، ކޮންމެ ކެޓަގަރީއަކަށް ހަމަޖެއްސި ގޮޅީގެ އަދަދު މިމަހުގެ 15 ވަނަ ދުވަހު ގެޒެޓްކޮށްފައިވާނެ ކަމަށެވެ. އަދި ގެޒެޓް ކުރި ލިސްޓްގައި ވާގޮތުން މާރުކޭޓް ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކަށް ކަނޑައެޅިފައިވަނީ 40 ގޮޅިއެވެ. މި ކެޓަގަރީން 50.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 7 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 33 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ.

ކުރިން ގޮޅި ލިބި ގަވައިދުން ގޮޅި ހިންގާފަރާތްތަކަށް ކަނޑައެޅިފައިވަނީ 30 ގޮޅިއެވެ. މި ކެޓަގަރީން 45 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 7 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 26 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ. ގޮޅި ހިންގުމަށް ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް ކަނޑައެޅިފައިވަނީ 20 ގޮޅިއެވެ. މި ކެޓަގަރީން ގުރުއަތަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބުނު ފަރާތްތަކެވެ.

އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައެޅިފައިވަނީ 75 ގޮޅިއެވެ. މި ކެޓަގަރީން 41.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 20 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 55 ގޮޅި ގުރުއަތުލަނީ 41 ޕޮއިންޓާއި 40.5 ޕޮއިންޓާ ދެމެދުން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ. ދަތުރުވެރިންގެ މާރުކޭޓް އަލުން މަރާތުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 165 ގޮޅިއެވެ. މާލޭ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލުމުން 2626 ފަރާތަކުން ވަނީ ފޯމު ހުށަހެޅިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް