ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ދިވެހި ފިލްމް

"ހެހެސް" ގެ ޕޯސްޓަރު ލައުންޗްކޮށްފި

  • މި ފިލްމްގެ ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ
  • މި ފިލްްމްގައި ގިނަ އަދަދެއްގެ ކާސްޓުން ފެނިގެންދޭ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 9 މާރޗް 2020 | ހޯމަ 08:30 5,177

"ހެހެސް" ގެ ޓީމް - ރާއްޖެއެމްވީ

ދިވެހި ފިލްމް "ހެހެސް: އިންފަހަނަ އެޅި އިޝްގް" ގެ ޕޯސްޓަރު ލޯންޗް ކޮށްފިއެވެ.

މި ފިލްމްގެ ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މި ފިލްމާއި ގުޅޭ ގޮތުން ފިލްމްގެ ޑައިރެކްޓަރ އަހުމަދު ނިމާލް ބުނީ މި ފިލްމަކީ ލޯބީގެ ވާހަކަ އަކަށް ތައްޔާރު ކޮށްފައިވާ ސަސްޕެންސް ތްރީލާއެއް ކަމަށެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ ކާސްޓުން ފެނިގެންދާއިރު ކޮންމެ އެކްޓްރެސް އެއްވެސް "އިންފަނައަޅާ" ލޯބީގައި ދާނެ ފިލްމެއްކަމަށް ނިމާލު ބުންޏެވެ.

ފިލްމްގެ ޕްރޮޑިއުސަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީން ޕްލޭ ތައްޔާރު ކުރާ މި ފިލްމްގެ ސްޓްރީއާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހެ ކަމަށް ނިމާލް ވަނީ ބުނެފައެވެ.

އައު ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމަށް ކާސްޓުން ހޮވާފައިވަނީ ސްކްރީން ޓެސްޓް ހެދުމަށް ފަހުގައި ކަމަށާއި ސްކްރިޕްޓަށް ބޮޑަށް ފިޓްވާ ކުދިން ބަލައިގެން ކަމަށް ނިމާލް ބުންޏެވެ.

"ހެހެސް" ގައި ލީޑް ރޯލުން ފެނިގެންދާނީ ޔޫސުފް ޝަފީއު، އިބްރާހިމް ޖިހާދު، އަލީ އާޒިމްގެ އިތުރުން އަލަށް ތަޢާރަފްވާ ޝިޔާޒާ މުހައްމަދު، އައިޝަތު ލަހުފާ، ވާޝީޔާ މުހައްމަދު އިރުފާނަ އިބްރާހިމް މަރިޔަމް ޝިފާ ފެނިގެންދާނެއެވެ.

މި ފިލްމަށް ލަވަ ކިޔައިދިނުމަށް ހަމަޖެހިފައިވަނީ މަރިޔަމް އަޝްފާ. މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި ތޮލާ އެވެ. މި ފިލްމްގެ ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ބ. ގޮއިދޫގެ އިތުރުން މާލޭގައެވެ.

"ހެހެސް" މިއަހަރު ތެރޭގައި ރިލީޒް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް