ކ. މާލެ
|
6 މާރޗް 2020 | ހުކުރު 17:25
ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަރީނާ އަލަށް އިންސްޓަގްރާމް ބޭނުންކުރަން ފަށައިފި
 
ސޯޝަލް މީޑިއާ އާއި ގުޅުނީ ފޭނުންނަށްޓަކައި
 
ފުރަތަމަ ހިއްސާކޮށްފައިވަނީ އޭނާ އެކަނި އިން ފޮޓޯއެއް
 
ކަރީނާ އިންސްޓަގްރާމް ބޭނުން ކުރަންފަށާފައިވަނީ ހުކުރު ދުވަހު

ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން އަލަށް އިންސްޓަގްރާމް ބޭނުން ކުރަން ފަށައިފިއެވެ.

ކަރީނާ އަލަށް އިންސްޓަގްރާމް ބޭނުން ކުރަންފަށާފައިވަނޯ ހުކުރު ދުވަހއޭނާ އިންސްޓަގްރާމްގައި ފުރަތަމަ ހިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ހޭޝްޓެގާއި އެކު ހެލޯ އިންސްޓަގްރާމް ޖެހުމަށްފަހު "ދަ ކެޓް އިޒް އައުޓް އޮފް ދަ ބޭގް" ލިޔެފައިވެއެވެ.

ކަރީނާ ޕޯސްޓް ކޮށްފައިވާ ފޮޓޯއަކީ ފިރިމީހާ ސައިފް އަލި ޚާން އާއި ދަރިފުޅު ތައިމޫރު އަލީ ޚާން އައި އެކު ނަގާފައިވާ ފޮޓޯއެއް ނޫނެވެ. ކަރީނާ އެކަނި އިން މި ފޮޓޯގައި އޭނާ ލާފައިވަނީ ކަޅުކުލައިގެ ސްޕޯޓްސް ހެދުމެކެވެ. ކަޅު ކުލައިގެ ހޫޑީ ޖެކެޓެއް ލާފައި ހުރި އިރު އޭނާ އަރާފައިވަނީ ވެސް ކަޅު ކުލައިގެ ސްނީކާސް އަކަށެވެ.

ސޯޝަލް މީޑިޔާއާ އެތައް އަހަރު ތަކެއް ދުރުގައި އުޅުމަށްފަހު އޭނާ އިންސްޓަގްރާމް ބޭނުން ކުރަން ފެށިކަން ހާމަކޮށްފައިވަނީ މިޑްޑޭ އަށް ދިން އިންޓަވިއުއެއްގައެވެ. ކަރީނާ ބުނެފައިވަނީ އޭނަ އެއްވެސް އިރެއްގައި އެއްވެސް ނުކުރާނަމޭ ނުބުނާ ކަމަށެވެ. އަދި ސޯޝަލް މީޑިއަ އަށް އެޑިކްޓް ވެދާނެ ކަމަށް ފެންނާތީ ދުރުގައި ހުރީ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ނަމަވެސް ވަގުތާއި އެކު ކަންކަން ބަދަލުވާން ޖެހޭނެ ކަން އޭނާއަށް އިހުސާސް ކުރެވުނު ކަމަށާއި ސޯޝަލް މީޑިއާ އާއި ގުޅުނީ ފާއިތުވެ ދިޔަ 20 އަހަރު އެނާއަށް ސަޕޯޓްކުރި ފޭނުންނަށްޓަކައި ކަމަށެވެ. އަދި އެނާގެ ދިރުއުޅުމުގެ ކަންކަން ފޭނުންނާއި ހިއްސާ ކުރަން ބޭނުންވާތީ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

އައު އެކައުންޓެއް ހެދުމުގެ ބަދަލުގައި ކަރީނާ ބޭނުން ކުރަން ފެށީ އޭނާގެ މެނޭޖްމަންޓް ޓީމުން މިހާރުވެސް ބޭނުންކުރަމުންގެންދާ އެކައުންޓެވެ.

ކަރީނާގެ ޕްރޮފައިލް ފޮޓޯގައި ފެނިގެންދަނީ އަނގަމަތީގައި އަތް އަޅައިގެން ހުރި ކަރީނާގެ ތުއްތު އިރުގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް ގިނަ އަދަދެއްގެ ފޭނުން ވަނީ ކޮމެންޓް ކޮށްފައެވެ.

ކަރީނާގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީ އާއި ދިލްޖީން ދޯޝަން އާއި އެކު ގުޑް ނިއުސް އިންނެވެ. ކަރީނާ މިހާރު މަސައްކަތް ކުރަމުން ދަނީ އާމިރު ޚާން އާއި އެކު ފިލްމް "ލާލް ސިންގް ޗައްދާ" ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
50%
50%
0%
ކޮމެންޓް