ކ. މާލެ
|
4 މާރޗް 2020 | ބުދަ 18:22
އަންގްރޭޒީ މީޑިއަމްގެ ބަތަލާ ކަރީނާ ކަޕޫރު
އަންގްރޭޒީ މީޑިއަމްގެ ބަތަލާ ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަންގްރޭޒީ މީޑިއަމްގެ "ކުޅީނޫ ނަޗްނޭދޭ" ގައި ގިނަ ތަރިންތަކެއް
 
މި ލަވަ ކިޔަފައިވަނީ ވިޝާލް
 
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 20 ގައި
 
މި ލަވަ ލައުންޗް ކޮށްފައިވަނީ ބުދަ ދުވަހު

މިހިނގާ މާރޗް މަހުގެ 20 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "އަންގްރޭޒީ މީޑިއަމް" ގައި ހިމެނޭ "ކުޅީނޫ ނަޗްނޭދޭ" ވަނީ ލައުންޗް ކޮށްފައެވެ.

ބުދަ ދުވަހު ލައުންޗް ކުރި މި ލަވައިގައި ބޮލީވުޑްގެ ގިނަ އަންހެން ތަރިންތަކެއް ފެނިގެންދެއެވެ.

މި ލަވައިގައި ފެނިގެންދާ ތަރިންގެ ތެރޭގައި އާލިއާ ބަޓް، ކެޓްރީނާ ކެއިފް، އަނުޝްކާ ޝަރުމާ، ޖާންވީ ކަޕޫރު، ކްރިތީ ސެނޯން، އަނަންޔާ ޕާންޑޭ، ކިއާރާ އަދުވާނީ އަދި ރާދިކާ މާދަން ހިމެނެއެވެ.

ވިޝާލް ޑެޑްލާނީ ކިޔަފައިވާ މިލަވައިގައި މި ތަރިންގެ ނެށުންތައް ވަކިވަކިން ފެނިގެންދެއެވެ.

ޕްރިޔާ ސަރަޖްޔާ ލިރިކްސް ތައްޔާރު ކޮށްފައިވާ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ސަޗިން ޖިގަރް އެވެ.

ހޯމީ އަދްޖާނިއާ ޑާއިރެކްޓްކޮށް މެޑޮކް ފިލްމްސް އިން އުފައްދާ "އަންގްރޭޒީ މީޑިއަމް" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހިންދީ މީޑިއަމް" ގެ ސީކުއެލްއެވެ.

މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ އިރުފާން ޚާން އާއި ކަރީނާ ކަޕޫރެވެ. މީގެއިތުރުން ރާދިކާ މާދަން، ރަންވީރު ޝޯރޭ އަދި ޑިމްޕަލް ކަޕާޑިއާވެސް ޚާއްސަ ރޯލްތަކުން ފެނިގެންދާނެއެވެ.

އަންގރޭޒީ މީޑިއަމް އަކީ ކެންސަރަށް ފަރުވާ ހޯދުމަށް ފަހު އިރުފާން ޚާން ފުރަތަމަ މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އިރުފާން ޚާން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރު ރިީޒް ކުރި ފިލްމް "ކަރްވާން" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް