ކ. މާލެ
|
4 މާރޗް 2020 | ބުދަ 12:06
ރެއިންބޯ ލިވިންގް މޯލް
ރެއިންބޯ ލިވިންގް މޯލް
ސިމާހާ ނަސީމް
ރެއިންބޯގެ ރަމަޟާން ސޭލް
ރެއިންބޯގެ ރަމަޟާން ސޭލް މެއި މަހުގެ ނުވައެއްގެ ނިޔަލަށް ކުރިއަށްދާނެ
 
ގުރުނެގުން އޮންނާނީ ޖޫން 31 ގައި ރެއިންބޯ ލިވިން މޯލްގައި

ރޯދަ މަހާއި ދިމާކޮށް ރެއިންބޯ އިން ފަށާފައިވާ ރަމަޟާން ސޭލް މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ރެއިންބޯ އިން ބުނެފިއެވެ.

މި ސޭލް މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާއިރު ރެއިންބޯގެ ފިހާރަތަކުން 500ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި މި ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކޫޕަނެއްގެ ވެރިންނަށް، އެ މީހަކު ކުރި ވިޔަފާރިއެއްގެ ފައިސާ އަނބުރާ ލިބޭނެ ކަމަށް ރެއިންބޯ އިން ބުންޏެވެ.

ރޯދަ ސޭލްގެ ގުރުނެގުން އޮންނާނީ ޖޫން 31 ގައި ރެއިންބޯ ލިވިން މޯލްގައެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަށް ޚާއްޞަ ސޭލެއް ރެއިންބޯ އިން ކުރިޔަށްގެންދަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ރޯދައަށް ގެއަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުޞަތު ހޯދައި ދިނުމަށް ކަމަށް ރެއިންބޯ އިން މަޢުލޫމާތުދެއެވެ. ރެއިންބޯ އިން ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި ބެޑްރޫމް ސެޓާއި ބަދިގެ ސެޓު އަދި ކުލަ ފަދަ ތަކެތި ހިމެނެއެވެ.

މި ސޭލް ކުރިއަށްދާނީ ރެއިންބޯ ލިވިންގް މޯލް، އާއި ރެއިންބޯ ބިލްޑްވެއަރ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދުއާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫގައެވެ.

ރެއިންބޯ އިން ވަނީ އޮންލައިންކޮށް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އޮންލައިން ސްޓޯރެއް ވެސް ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް