ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
އިސްލާމް - ހުކުރު ޚުތުބާ

މުދަލަކީ ޒީނަތެއް، ބައެއް ފަަހަރު ނުރައްކާތެރި ފިތުނައެއް: ޚުތުބާ

  • މުދަލަށް އޮންނަ ލޯތްބަކީ ފިތުރީ ކަމެއް
  • މުދަލަށް ލޯބި ކުރުމުގައި 3 ކަމަކަށް އިސްކަންދޭން ޖެހޭ
  • ޒަކާތް ދެއްކުމަށް އިންކާރު ކުރުމަކީ އިސްލާމްކަން ނެތިގެންދާފަދަ ކަމެއް

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 28 ފެބުރުއަރީ 2020 | ހުކުރު 13:10 6,881

ހުކުރު ޚުތުބާ - ރާއްޖެ އެމްވީ

މުދަލަކީ ޒީނަތެއް ކަމަށާއި، ނަމަވެސް ބައެއް ފަހަރު އެ މުދަލަކީ ނުރައްކާތެރި ފިތުނައަކަށް ވެސް ވެގެންދާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމް ދީނުގައި ޒަކާތުގެ މަންޒިލާއި މަޤާމް" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، މުދަލަށް އޮންނަ ލޯތްބަކީ ފިތުރީ ކަމެއް ކަަމަށާއި، މުދަލަށް ލޯބި ކުރުމުގައި 3 ކަމަކަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އެ މުދަލަކީ ﷲ ގެ މުދަލެއްކަން ހަނދާން ކުރަން ޖެހޭނެ ކަމަށާއި، އެއީ އިންސާނުންގެ މިލްކުގައިވާ ﷲ ގެ އަމާނާތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ދެވަނަ ކަމެއްގެ ގޮތުން މުދާ ހޯދަން ޖެހޭނީ ﷲ ހުއްދަ ކުރައްވާފައިވާ އިންތަކާއި، މިންތަކުގެ ތެރޭގައިކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، މުދާ ހޭދަކުރަން ޖެހޭނީ ވެސް ﷲ އަންގަވާފައިވާ ގޮތަށް ކަމަށް ޚުތުބާގައި ވަނީީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، މުދަލަކީ އާދައިގެ އެއްޗެއް ނޫން ކަމަށާއި، އެއީ ނަފްސުތައް އެ އެއްޗެއްގެ މައްޗަށް ނުހަނު ލޯބި ޖެހިފައިވާ ފިތުރީ އެއްޗެއް ކަމަށެވެ. އެގޮތުން މުދަލަކީ ޒީނަތެއް ކަމަށާއި، ނަމަވެސް ބައެއް ފަހަރު އެ މުދަލަކީ ނުރައްކާތެރި ފިތުނައަކަށްވެ، ތިމާއަށް ކުރިމަތިވާ އިމްތިޙާނަކަށްވެސް ވެގެންދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ޒަކާތް އޭގެ ޙައްޤުވެރިންނަށް އަދާ ކުރަންޖެހޭނެކަން ބަޔާންކޮށް ޚުތުބާގައި އިތުރަށް ބުނީ، މުދަލު ޒަކާތަށް އިހުމާލުވުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހެއްގެ ހަލާކު ކަމަށް ވެދާނެ ކަމަށެވެ. އަދި ޒަކާތް ދެއްކުމަށް އިންކާރު ކުރުމަކީ އެމީހެއްގެ އިސްލާމްކަން ނެތިގެންދާފަދަ ކަމެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

ކޮމެންޓް