ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 08:02
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓަންޓެއް ހޯދަނީ އެމަގާމު ހުސްވާތީ، މިއީ އިތުރު ޚަރަދެއްނޫން: މިނިސްޓަރ
 
ފިނޭންސް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ބަޖެޓްކޮށްފައިވާ ޚަރަދެއް ކަމަށް

އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިހާރު އެ މަޤާމުގައި ހުރި ފަރާތް ވަކިވާތީ ކަމަށާއި، މިއީ އިތުރު ޚަރަދެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޚަރަދުތައް ބެހެލެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗަރ ޕޮލިސީ ޔުނިޓެއް ޤާއިމުކުރުމަށް އެމިނިސްޓްރީން ނިންމައިފި އެވެ. މިޔުނިޓުގައި މަސައްކަތްކުރުމަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސެލްޓެންޓެއް ހޯދަން ފިނޭސް މިނިސްޓްރީން ވަނީ އިޢުލާނުކޮށްފަ އެވެ. ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިޢުލާންކޮށްފައި ވަނިކޮށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާންކުރުމާ ގުޅިގެން ސަރުކާރާއި، ފިނޭންސް މިނިސްޓްރީ އަށް އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ.

އެކަމާގުޅިގެން ފިނޭންސް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ބަޖެޓުކޮށްފައިވާ ޚަރަދެއް ކަމަށެވެ.

ކޮންސަލްޓަންޓެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކަމާ ގުޅޭ ދާއިރާ އިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކު އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސެލްޓެންޓެއްގެ ގޮތުގައި ހޯދަން ބޭނުންވާ ކަމަށެވެ.

މި ވަޒީފާ އަށް ޝައުގުވެރިވާ ފަރާތް ތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ. ދެފަރާތް އެއްބަސްވާ މަހު މުސާރައާ އެކު މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މި މަޤާމަށް މީހަކު ނަގަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި 20 ކަމެއް ޓާރމްސް އޮފް ރިފަރެންސްގައި ފާހަގަކޮށްފައިވެ އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 37.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ޚަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް