ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 21:36
ރާއްޖެއަށް އައި ކްރޫޒް ލައިނަރއެއް
ރާއްޖެއަށް އައި ކްރޫޒް ލައިނަރއެއް
ސިމާހާ ނަސީމް
ކޯވިޑް-19
ކޯވިޑް-19: ކްރޫޒް ލައިނަރތައް ރާއްޖެ އައުން މަނާކޮށްފި
 
ސަރުކާރުން ވަނީ ދެކުނު ކޮރެއާ އަދި އިރާނުގެ ރައްޔިތުންވެސް ރާއްޖެއައުން މަނާކޮށްފައި
 
މިއީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް
 
މި ނިންމުން އިއުލާންކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކްރޫޒަ ލައިނަރތައް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ. އެގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، މިއީ ކޮވިޑް-19 ބަލި ރާއްޖެ އައުން ހުއްޓުވަން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.

މިހާރުން ފެށިގެން ރާއްޖެއަށް ކްރޫޒް ލައިނަރ އައުން މަނާކުރަން ނިންމި ނިންމުން ރިވިއުކުރާނީ ހާލަތަށް ބެލުމަށް ފަހުގައެވެ. އަދި އެ މައްސަލަ ރިވިއުކުރުމަށް ފަހު ހުއްދަ ދިނުމާމެދު ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސަރުކާރުންނާއި ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ހާލަތު ވަރަށް ބޮޑަށް މޮނިޓަރ ކުރައްވަމުންގެންދަވާ ކަމަށާއި މި ހާލަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ މިހާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް ކްރޫޒް ލައިނަރތައް އައުން މަނާކޮށްފައިވާއިރު، މި ވައިރަސްއަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ލިސްޓަށް ބަލާއިރު ޖަޕާނުގެ ޔޮކޮހާމާ ބޭރުގައި އަޅާފައިވާ ކްރޫޒް ލައިނަރ ހިމެނެއެވެ. އެގޮތުން އެ ކްރޫޒް ލައިންރައިން އެކަނިވެސް ޖުމްލަ 705 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ ހަތަރު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް