ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 12:26
ދިރާގުގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ދިރާގުގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ދިރާގު
އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރު ކަމަށް އަންހެން ބޭފުޅަކު ކުރިމަތިލުމަށް ދިރާގުން ބާރުއަޅާ
 
އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ

ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރު ކަމަށް އަންހެން ބޭފުޅަކު ކުރިމަތިލުމަށް ދިރާގުން ބާރުއަޅާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއެކު އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

ދިރާގުން ބުނީ ކުންފުނީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރަކު އިންތިހާބު ކުރާނީ އަންނަ އޭޕްރީލްމަހު ބާއްވާ އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގެ ތެރެއިން ކަމަށެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިރާގުގެ ހިއްސާދާރަކަށްވުމާއި، ޑިގްރީއެއް ހާސިލްކޮށްފައިވުމުގެ އިތުރުން ސަރުކާރުގެ ވަޒީފާއެއް ނުވަތަ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރުމަށްފަހު 10 އަހަރުދުވަހުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި، ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިރާގަކީ ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އަދި އިނގިރޭސިވިލާތުގެ ބަޓެލްކޯ ކުންފުނީގެ 52 އިންސައްތަ ހިއްސާއާއި އާއްމުންގެ 6.2 އިންސައްތަ ހިމެނޭ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް