ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ދުނިޔެ - އިރާނު

އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރީގައި ކޮންޒަވެޓިވުން

  • ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 290 ގޮނޑިއަށް މެމްބަރުން އައްޔަނުކުރާނެ
  • މިހާތަނަށް އާއިރު 42 ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ފަރާތްތައް ވަނީ ކަށަވަރުވެފައި

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 23 ފެބުރުއަރީ 2020 | އާދީއްތަ 00:39 2,715

އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ - އަލްޖަޒީރާ

އިރާނުގައި ބޭއްވި ޤާނޫނޫ ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ އިޢުލާންކުރަން ފަށާފައިވާއިރު މިހާތަނަށް އިޢުލާންކުރި ނަތީޖާތަކުން ދައްކާގޮތުގައި ކުރީގައި އުޅެނީ ކޮންޒަވެޓިވް ކެންޑިޑޭޓުންނެވެ.

އިރާނުގެ އިންތިޚާބާ ބެހޭ މަރުކަޒުން ބުނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 290 ގޮނޑިއަށް މެންބަރުން ޢައްޔަނުކުރާނެ އެވެ. އެޤައުމުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުން އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީއަށް ތާޢީދުކުރާ ފަރާތްތަކުން އަންނަނީ ގޮނޑިތައް ކާމިޔާބު ކުރަމުންނެވެ.

މިހާތަނަށް އާއިރު 42 ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ފަރާތްތައް ވަނީ ކަށަވަރުވެފަ އެވެ. މީގެތެރެއިން 30 މީހެއްގެ ނަން މިހާރު ވަނީ އިޢުލާންކޮށްފަ އެވެ. މި އެންމެންނަކީވެސް މުޙައްމަދު ބާޤިރު ގަަލިބާފް އަށް ތާޢީދުކުރާ ފަރާތްތަކެވެ. މުހައްމަދު ބާޤިރު އަކީ އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަމަށް އަންނާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ފަރާތެވެ.

އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާފައިވާއިރު އަންނަ އަހަރު އެޤައުމުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިރާނުގެ މިހާރުގެ ސަރުކާރަށް ވަނީ އެޤައުމުގެ ނިޔުކުލިއަރ ޕްރޮގުރާމުގެ ސަބަބުން އެމެރިކާގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. އަދި އެޤައުމުގައި ކުރިޔަށްދިޔަ މުޒާހަރާތަކާއެކު އެޤައުމުގެ ސަރުކާރަށް އޮތް ތާޢީދުވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް އެޤައުމުގެ ވޯޓުލާ އާބާދީގެ 50 އިންސައްތަ މީހުން ނިކުންނާނެ ކަމަށް އެޤައުމުން ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ކޮރޯނާވައިރަސް އިރާނުގައި ފެތުރެމުންދާތީ އެކަމުގެ ބިރުވެރިކަމުގައި މީހުން ވޯޓުލާން ނުނިކުން ފަސްޖެހޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް