ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 19:27
ރީރަޖިސްޓްރީވުމަށް އިލެކްޝަނުން ނޯތް ހާބަރުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ރީރަޖިސްޓްރީވުމަށް އިލެކްޝަނުން ނޯތް ހާބަރުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރީރަޖިސްޓްރީވުމުގެ ފުރުސަތު ފަސޭހަކޮށްދިނުމަށް އެކި ތަންތަނުގައި ހަރަކާތްތައް ހިންގަނީ
 
ރައްރަށުންނާއި، ބޭރު ގައުމުތަކުގެ ކޮންސިއުލޭޓް އަދި މާލޭގެ ބާޖަމާލުއްދީނުން ރީރަޖިސްޓްރީ ވެވޭނެ
 
މަޖިލިސް އިންތިހާބަށް ރީރަޖިސްޓްރީވި މީހުންގެ ތެރެއިން އަލުން ރީރަޖިސްޓްރީވާން ޖެހޭނީ ސިނާއީ ތަންތަނާއި، ރިސޯޓް އަދި ޖަލުތަކަށް ރީރަޖިސްޓްރީވި މީހުން
 
ރީރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރީރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޙަރަކާތްތަތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގައި ރީރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ހުޅުވާލާފައެވެ.

އަދި މިކަން ފަސޭހަކޮށްދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން މޮބައިލްކޮށް ތަންތަނަށް ގޮސް ރީރަސްޖިސްޓްރީ ކުރުމުގެ ޙަރަކާތެއް ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަބްދުއްރަހުމާން ޞަލާޙު ރަޝީދު ވިދާޅުވީ މިފަހަރުގެ އިންތިޚާބަށް ރީރަޖިސްޓްރީވާން ބޭނުންވާ ފަރާރްތަކަށް އެކަން ވީހާވެސް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެ ކޮމިޝަންގެ ނިންމުމެއް ކަމަށެވެ.

އެގޮތުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލީ ތަން ނޫން އެހެންތަނަކަށް ވޯޓުލާން ޖެހޭނަމަ ރީރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި، ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގައި ހުރި އިލެކްޝަންސްގެ ފޯކަލް ޕޮއިންޓުތަކުން ކުރަމުން ގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ހަމައެގޮތަށް ރާއްޖެއިން ބޭރުގައި ވެސް ވޯޓުލެވޭގޮތަށް ކަނޑައެޅިފައިވާ ތަންތަނުގައި ރީރަޖިސްޓްރޭޝަންގެ މަސައްކަތް ފޯކަލް ޕޮއިންޓްތަކުން ކުރެވޭނެ. އޭގެ އިތުރަށް މާލޭގެ އިންތިހާބާ ބެހޭ މަރުކަޒުގައި ވާނީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލެވިފައި. 27 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ވެސް، ރަސްމީގަޑީގައި ވަޑައިގެން ރީރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން މާލޭގެ މީހުން ގިނަ ހުރިހާ ސަރަހައްދުތަކެއްގައި އަޅުގަނޑުމެން މަސައްކަތް އެބަކުރަން މީހުން ގިނައިން ޖަމާވާ ތަންތަން ބަލައިގެން ރީރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ،
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަބްދުއްރަހުމާން ސޮލާހު ރަޝީދު

އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަން ނިމުމަށްފަހު ރީރަޖިސްޓްރީވާން ޖެހޭ ޢަދަދު ހަމަކުރަން ޖެހޭ ތަންތަނުގައި އެ އޮންނަ ޢަދަދު ހަމަ ނުވާ ތަންތަނަށް ރީރަޖިސްޓްރީވާން ހުށަހެޅި ފަރާތްތަކަށް އަލުން ރީ ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

ރިސޯޓްތަކާއި ސިނާއީ އަދި ޖަލުފަދަ ތަންތަން ރަޖިސްޓްރީވާންޖެހޭ އަދަދު ކަނޑައެޅިފައިވޭ. އަދި އެ އަދަދަށް ރަޖިސްޓްރީ ނުވާނަމަ ވޯޓުފޮށްޓެއް ނުބެހެއްޓޭނެ. އެހެންކަމުން އަލުން އަޅުގަނޑުމެން ހުޅުވާލާނަން ފުރުސަތު އެބެފުޅުންނަށް 3 ވަރަކަށް ދުވަހުގެ ފުރުސަތެއް ދޭނަން އަލުން ރީރަޖިސްޓްރީވާން،
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަބްދުއްރަހުމާން ސޮލާހު ރަޝީދު

ޞަލާޙު ވިދާޅުވީ ރާއްޖެއިން ބޭރުން ވެސް ކޮންސިއުލޭޓްތައް މެދުވެރިކޮށް ރީރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި އުޅޭ ފަރާތްތަކުގެ ތެރެއިން ރީރަޖިސްޓްރީ ވާން ޖެހޭނީ ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރިތަން ނޫން އެހެންތަނަކަށް ވޯޓުލާނަމަ ކަމަށެވެ.

މީގެ އިތުރުން ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ރީރަޖިސްޓްރީވި ފަރާތްތަކުގެ ތެރެއިން ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ރިސޯޓް އަދި ޖަލުގައި މަޖިލިސް އިންތިޚާބަށް ރީރަޖިސްޓްރީވި ފަރަތްތައް ޖެހޭނީ އަލުން ރަޖިސްޓްރީވާން ކަމަށް ޞާލާޙު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް