ކ. މާލެ
|
19 ފެބްރުއަރީ 2020 | ބުދަ 17:45
އާތިފްގެ ރައްޓެހިން އޭނާގެ ބޯ ބާލަނީ..
އާތިފްގެ ރައްޓެހިން އޭނާގެ ބޯ ބާލަނީ..
ރާއްޖެއެމްވީ
ބޯބޭލުން
ޕެކްޓާ ސަންޓް ސަރވެންޑާ- މިފަހަރު ޖެހުނީ ބޯބާލަން!
 
ވަރަށް ގިނަބައެއްގެ އެއްބާރުލުން ލިބިފައިވޭ
 
ގިނަ އަހަރުތަކެއް ވަންދެން ވަރަށް ލޯބިން ގެންގުޅު އިސްތަށިގަނޑެއް
 
ބޯކޮށަން ޖެހެލުންވޭ

ގޮޅި ޖެހި ގަމީހާއި، ޖީއެން ސައިކަލެވެ. ބޯދިގުކޮށްފައި ތިބޭ ފިރިހެނުންގެ ތަފާތު ވާހަކަތައް އަންނަނީ އަބަދު ވެސް ދައްކަމުންނެވެ. ދުވަހެއް ދުވަހަކަށް މިވާހަކަތަކުގެ އަޑު ގަދަވެއެވެ. ޚާއްސަ ގޮތެއްގައި ބޯދިގުކޮށްފައި ތިބޭ ފިރިހެނުންގެ ރީތި ވާހަކަ ބަހުސަކަށްވެގެންދާ ފަހަރު ވެސް އާދެއެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ޖޭސަން މޮމޯ (ކާލް ޑްރޮގޯ) މަޝްހޫރުވެގެންދިޔައިރު އެމީހުންގެ ދިގު ރީތި އިސްތަށިގަނޑަށް އަމާޒުވި ލޯތައް ގިނައެވެ. ޚާއްސަ އިސްކަމެއްދީގެން އިސްތަށިގަނޑު ބަލަހައްޓަމުންދާއިރު، އިސްތަށިގަނޑު ކޮށާލާނީ ކޮންއިރަކުންތޯ ކުރާ ސުވާލަކީ އެމީހުން އެންމެ ހިތްހަމަ ނުޖެހޭ އެއްސުވާލެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ތަފާތު ވާހަކައެވެ.

ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޭސަން މޮމޯ

އެއީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގައި މާސްޓަރސްއަށް ތައުލީމް ހާސިލްކުރަމުންދާ ޒުވާނެކެވެ. އާތިފް މޫސާ، އާއިލާއާ ދުރުގައި ކިޔެވުމަށް ހުންނަންޖެހުމުގެ ސަބަބުން ހިތަށް މާޔޫސްކަން ވެރިވި ނަމަވެސް ރައްޓެހިންނާއެކު މަޖާކުރުމާއި، ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ސަކަ މިޒާޖުގެ މި ޒުވާނާއާއެކު އެކިއުމުރުފުރާގެ ދަރިވަރުންތަކެއް އެއް ކޮންޑޯއެއްގައި ތިބެގެން ކިޔަވަމުންދާއިރު މަޖާވާނެކަން އެކަން ތަޖުރިބާ ކޮށްފައިވާ އެންމެނަށް ވެސް އެނގޭނެއެވެ.

ތަފާތު ކަންކަން ކުރުމުގެ ޝައުގުވެރިކަން ހުންނަ އާތިފް ވަނީ މިދިޔަ މަހުގެ ރައްޓެހިންނާ ތަފާތު ޗެލެންޖެއް ކޮށްފައެވެ. އެއީ އޭނާގެ ޕޯސްޓަކަށް ވަކި ވަރަކަށް ކޮމެންޓް ލިބުމުން ބޯބާލާނެ ކަމަށް ބުނެމެވެ. އެ ޕޯސްޓުގައި ވެސް ބުނެފައިވަނީ 15 ހާހަށްވުރެން ގިނަ ކޮމެންޓް ލިބިއްޖެނަމަ އޭނާގެ ބޯ ތަލަކުރުނާ ކަމަށެވެ. އެގޮތުން މިކަންވީ އާތިފްގެ ރައްޓެހިންނަށް މަޖާ ކަމަކަށެވެ. އޭނާގެ ގިނަ ރަށްޓެހިން 15 ހާހަށްވުރެން ގިނަ ކޮމެންޓް ހަމަކުރުމަށްޓަކައި އެ ޕޯސްޓަށް ކޮމެންޓްކޮށް ހެދިއެވެ. ނަތީޖާއަކަށްވީ 24 ގަޑިއިރު ނުވަނީސް އާތިފް ޝެއަރ ކުރި އެ ޕޯސްޓަށް ޗެލަންޗުކުރި ވަރަށްވުރެން މާގިނައިން ކޮމެންޓް ލިބުމެވެ.

އާތިފް ފޭސްބުކްގައި ޝެއަރ ކުރި ޕޯސްޓް

އިންޓަނެޓްގައި ތަފާތު ޗެލެންޖުތައް މީހުން ކުރިނަމަވެސް އިސްތަށިގަނޑު ދިގުކޮށްގެން ގިނަ ދުވަހު ބަލަހައްޓަމުން އައި ޒުވާނަކު ބޯބާލާނެ ކަމަށް ގަބޫލުކުރާނެ މީހުން މަދުވާނެއެވެ. ނަމަވެސް އާތިފް މިވަނީ އޭނާގެ މިި ޗެލަންޖު ފުރިހަމަކޮށްފައެވެ. ރައްޓެހިން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އޭނާ އިންތިހާއަށް ލޯބިން ގެންގުޅުނު އިސްތަށިގަނޑާ އަލްވަދާކިޔުމެވެ.

އާތިފް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މިހާ ދުވަސް ވެގެން ދިޔައިރު ވެސް އޭނާއަށް އެ ޗެލެންޖް ފުރިހަމަކުރަން އުނދަގޫވިއެވެ. ސަބަބަކީ އިސްތަށިގަނޑު ކޮށާލަން އެ ހިތްވަރު ނުލިބުމެވެ. ނަމަވެސް ރައްޓެހިންގެ އެރުވި ފޯރާ ޖޯޝީގައި އެ ހިތްވަރު ފަހުން ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

އާތިފް ބޯބޭލީ އޭނާގެ ރައްޓެހިންނާއެކު ބޭއްވި ކުޑަ ޕާޓީއެއްގައެވެ. އެ ޕާޓީގެ ކެއުމުގެ ކަންތައްތަކާއި ޑެކަރޭޝަންގެ ބައި ކުރިއަށް ގެންދިޔައީ އޭނާގެ ރައްޓެހިންނެވެ. ޕާޓީގައި ރައްޓެހިން ސައިބޮމުން ދިޔައިރު އާތިފް އިސްތަށިގަނޑު ބައެއް ބުރި ކުރުމަށް ބޭނުންވި ހުރިހާ ރައްޓެހިންނަށް އެ ފުރުސަތު ލިބިގެން ދިޔައެވެ. ޕާޓީއާއެކު އާތިފްގެ ބޯބޭލުން ކުރިއަށް ގެންދިޔައީ ވަރަށް މަޖާ މާހައުލެއްގައެވެ.

އާތިފްގެ ބޯބެލުމުގެ ހަރަކާތުގެ ތެރެއިން

މި ހަރަކާތުގައި އާތިފްއާ ދުރުގައި ދިރިއުޅެމުންދާ ރައްޓެހިންނާއި އާއިލާ މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ. އާތިފް ކިޔާދިން ގޮތުގައި ގިނަ ބަޔަކު ބޯބޭލުމާއެކު އޭނާއަށް ގުޅާ ހެދިއެވެ. އޭނާ ބޯބެލުމަކީ ބައެއް އާއިލީ މެމްބަރުން ޚާއްސަކޮށް މަންމަ ބޭނުންވާ ގޮތް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އާތިފް ވަނީ ބޯދިކޮށްފައިވާ ފޮޓާއާއެކު ބޯބާލާފައިވާ ފޮޓޯއެއް ވެސް ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.

ހިއެއްނުކުރަން މި މީހުން މިހާ މަޖާކުރާނެ ކަމަކަށް. އެކަމަކު ޕޯސްޓުލުމާއެކު ހީވީ ހަމަ އީދެއް އައިހެން. ކުޑަ ރަސްމިއްޔާތެއް އެއީ ހަމަ. ބޯބާލަން ރައްޓެހިން ހަމަ ތިބީ ރެޑީގަ. ވަރަށް ހިތްވަރު ލިބުނު މިކަން ކުރަން ރައްޓެހިންގެ ސަބަބުން. އިސްތަށިގަނޑު ދިގުކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް އަދި ނޭނގެ ބުނާކަށް. އެކަމަކު އިސްތަށިގަނޑު ދެކެ ވަރަށް ލޯބިވޭ. އެކަމަކު ބޯބާލައިގެން ނުވޭ ދެރައެއް. ބޯބޭލުން މިއީ ގިނަ ބަޔަކަށް ލިބުނު އުފަލެއް.
އާތިފް މޫސާ
އާތިފްގެ ބޯބޭލުމަށްފަހު

ސޯޝަލް މީޑިއާގައި އެކި މީހުން ތަފާތު ޗެލެންޖުތައް ކުރަމުންދާއިރު، ކުރަން ނުކެރިފައި ހުންނަ ކަންކަމުން މިފަދަ ޗެލެންޖުތަކުން ދަނީ ހިތްވަރު ވެސް ލިބެމުންނެވެ. ރަނގަޅު ގޮތުގައި ކޮންމެ ކަމެއް ކުރި ނަމަވެސް އޭގެ ނަތީޖާ ފޮނިވާނެއެވެ. އިތުރަށް ހިތްވަރު ލިބެނީ ވެސް ކުރެވޭ ވައުދު ގާތްރައްޓެހިންނާއި، އާއިލާގެ މެމްބަރުންގެ އެއްބާރުލުމާއެކު އެކަމެއް ފުއްދޭތީއެވެ. ޕެކްޓާ ސަންޓް ސަރވެންޑާ ރޫލްއާ އެއްގޮތަށް ވައުދު ނުފުއްދާފިނަމަ، އެކަމާއި ހިތްހަމަ ނުޖެހޭ މީހުން ވެސް ތިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް