ކ. މާލެ
|
18 ފެބްރުއަރީ 2020 | އަންގާރަ 21:57
ޓައިގާ ޝްރޯފް
ޓައިގާ ޝްރޯފް
މުހައްމަދު ޝަރުހާން
ބޮލީވުޑް
"ހީރޯޕަންތީ 2" ގައި ޓައިގާ ޝްރޯފް ފެނިގެންދާނެތަ؟
 
ހީރޯޕަންތީ2 އަކީ ހީރޯޕަންތީގެ ސީކުއެލްއެއް
 
ޓައިގާ މިހާރު މަސައްކަތް ކުރަމުންދަނީ "ބާޣީ3" ގައި

"ހީރޯޕަންތީ 2" ގައި ބޮލީވުޑްގެ ތަރި ޓައިގާ ޝްޜޯފް ފެނިގެން ހިގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހީރޯޕަންތީ 2 އަކީ 2014 ވަނަ އަހަރު ޓައިގާ ބޮލީވުޑަށް ތައާރަފުވެގެން ދިޔަ ފިލްމް "ހީރޯޕަންތީ" ގެ ސީކުއެލް އެކެވެ.

ސަބީރު ޚާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ޓައިގާ ފެނިގެން ގޮސްފައިވަނީ ކްރިތީ ސެނޯންއާއި އެކުގައެވެ.

ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުން "ބާޣީ3" އަށް ފަހު ޓައިގާ ކުރިއަށް އޮތީ ސިދާތް އާނަންދް ޑައިރެކްޓް ކުރާ ފިލްމް "ރާމްބޯ" ގެ ރީމޭކްގެ މަސައްކަތް ކަމަށެވެ.

ނަމަވެސް ސާޖިދް ނަދިއާވާލާ ޕްރޮޑަކްޝަންއިން ހަދާ "ހީރޯޕަންތީ2" ގައި ޓައިގާ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހީރޯޕަންތީ ފްރެންޗައިސް ހެދުމަށް ވިސްނަމުންދާތާ އަހަރެއްހާހާ ދުވަސް ވެފައި ކަމަށާއި އެފިލްމަށް ރަނަގާޅު ސްކްރިޕްޓެއް މިހާރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސަބީރުގެ ބަދަލުގައި މި ފިލްމް ޑައިރެކްޓް ކުރާނީ "ބާޣީ" ގެ ޑައރެކްޓަރ އަހުމަދު ޚާން އެވެ.

ޓައިގާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރިތިކް ރޯޝަން އާއި އެކު ފިލްމް "ވޯރ" އިންނެވެ.

ޓާއިގާ މިހާރު ދަނީ "ބާޣީ 3" ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް