ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 21:24
މަޖިލިސް އިދާރާ: އޭސީސީ ރިޕޯޓް ވަނީ މަޖިލިސް ވެބްސައިޓުގައި ޝާއިއުކޮށްފައި
މަޖިލިސް އިދާރާ: އޭސީސީ ރިޕޯޓް ވަނީ މަޖިލިސް ވެބްސައިޓުގައި ޝާއިއުކޮށްފައި
މަޖިލިސް
ސީޕްލޭން ޓަރމިނަލް
ސީ ޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ގުޅޭ އޭސީސީ ރިޕޯޓް އާންމުކޮށްފި
 
މިކަންކަން ހިނގާފައިވަނީ ނިމިދިޔަ ސަރުކާރުގައި
 
ރިޕޯޓް ފުރަތަމަ މަޖިލީހަށް ލިބިފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި
 
މިހާރު ރިޕޯޓް ވަނީ މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށާއި ނަމަވެސް ރިޕޯޓް ލިބިފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރު ރިޕޯޓް ވަނީ މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައެވެ.

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީން މީގެ ކުރިން ބުނެފައިވާއިރު، ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޓީއެމްއޭގެ 80 އިންސައްތަ ހިއްސާ އޮންނަ އެމެރިކާގެ ބެއިން ކެޕިޓަލުންވެސް ރައްޔިތުންގެ މަޖިލީހާ މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސީޕްލޭން ޓީއެމްއޭއަށް ދިނުމާއި ގުޅޭ އެއްބަސްވުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށްކަމަށެވެ.

އޭގެ އިތުރުން، މިކަންކަން ހިނގާފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި މައްސަލައާއި ގުޅޭ ކަންކަން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ލުއިގޮތަކަށް ކުރިޔަށް ގެންދެވޭތޯ ކަމަށެވެ.

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހެށަހެޅިފައިވާ މައްސަލައިގެ ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އެކަމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، އޭސީސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް