ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 10:52
އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލާއި ޓޮޓެންހަމަށް މުހިންމު މޮޅެއް
 
އެސްޓަން ވިލާ އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 3-2 އިން
 
ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ 4-0 އިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ރޭހަށް އާސެނަލާއި ޓޮތެންހަމް އަނެއްކާވެސް ވަދެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ނިއުކާސަލް އަތުން 4-0 އިންނެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ހަތަރު ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޕިއޭ-އެމެރިކް އޮބާމަޔަން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ނިކޮލަސް ޕެޕޭ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލް އެވެ. މިއީ މި ސީޒަނުގައި އޮޒިލް ކާމިޔާބުކުރި ފުރަތަމަ ލަމޑެވެ. އަދި އިތުރުވަގުތުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ.

މިއީ އާސެނަލްގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ހަ މެޗުން ލީގުގައި ހޯދި ދެ ވަނަ މޮޅެވެ.

އެސްޓަން ވިލާ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން ރަށުން ބޭރުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ އެސްޓަން މިލާ އަތުން 3-2 އިންނެވެ.

މި މެޗުގައި އެސްޓަން ވިލާ އަށް ލީޑު ލިބުނީ ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް އަތުން މެޗުގެ ނުވަވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު 27 ވަނަ މިނެޓުގައި އަލްޑަވެއިރަލްޑް ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމަށް ލީޑުނަގައިދިނީ ސޮން ހެއުން-މިން އެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅުގައި އެސްޓަން ވިލާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބްޔޯން އެންޖެލްސް އެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި އެންޖެލްސް އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި ސޮން ވަނީ ޓޮޓެންހަމް މެޗުން މޮޅުކޮށްދީފައެވެ.

އާދީއްތަ ދުވަހުގެރޭގެ ނަތީޖާތަކާއެކު ޓޮޓެންހަމް ވަނީ 26 މެޗުން 40 ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލާފައެވެ. އާސެނަލް 10 ވަނައިގައި އޮތީ 26 މެޗުން 34 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް