ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 09:53
ކޮރޯނާއަށް ޕޮޒިޓިވްވި މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނި
ކޮރޯނާއަށް ޕޮޒިޓިވްވި މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނި
ޓްވިޓަރ
އެންކޯވް-19
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1800 އަށް!
 
ހުބޭ ޕްރޮވިންސްގެ ސިޓީތަކުގައި ޕްރައިވެޓް ވެހިކަލްތައް ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައި
 
ޗައިނާއިން އެކަނި 2048 މީހަކު އެއް ދުވަސްތެރޭގައި ބައްޔަށް ޕޮޒިޓިވްވި
 
މިހާތަނަށް 70،548 މީހަކު ވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައި

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެންކޯވް-19 ނުވަޔަ ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1800 އަށް އަރައިފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 70،548 މީހަކު ވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައެވެ. ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލްކޮރޯނާ ވައިރަސް ޗައިނާއިން އެކަނި 2048 މީހަކު އަލަށް ބައްޔަށް ޕޮޒިޓީވްވެފައިވެއެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އަދީއްތަ ދުވަހުގެ ނިޔަލަށް 1770 މީހުން ނޮވެލް ކޮރޯނާޖެހިގެން މަރުވި އިރު، އޭގެ ކުރީ ދުވަހުގެ އެކަނި ވެސް 105 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިފެތުރިގެން އައި މައިމަރުކަޒު ކަމުގައިވާ ހުބޭ ޕްރޮވިންސުން 100 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1800 އަށް އަރާފައިވާ ކަމަށެވެ.

ޗައިނާއިން އެކަނި 2048 މީހަކު އެއް ދުވަސްތެރޭގައި ބައްޔަށް ޕޮޒިޓިވްވިކަމަށް ހެލްތް ކޮމިޝަނުން ހާމަކޮށްފައިވާ އިރު، މީގެ ތެރެއިން 1933 މީހުންނަކީ ހުބޭ ޕްރޮވިންސުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުބޭ ޕްރޮވިންސުން ވަނީ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ޕްރޮވިންސްގެ ސިޓީތަކުގައި ޕްރައިވެޓް ވެހިކަލްތައް ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް