ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ޑަބްލިޔުޑީސީ/ އެމްޑީޕީ ޕްރައިމަރީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީ މާދަމާ

  • މާލޭގައި ވޯޓުލުން ކުރިއަށްދާޏީ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސްކައިރި ހުންނަ އެޕާޓީގެ ކެމްޕެއިން މައި އޮފީހުގައި
  • މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއާއި ހުޅުމާލެ އަދި ވިލިމާލެ ހަރުގޭގައި ކުރިއަށްދާނެ އަދި ރަށްތަކުގައި ވެސް ކުރިއަށްދާނެ
  • ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން އެމްޑީޕީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ

މުހައްމަދު ފަޒީން
IamFazeen

ކ. މާލެ | 17 ފެބްރުއަރީ 2020 | ހޯމަ 00:58 | 2,622

ރައީސް ޞާލިހު އާއި ރައީސް ނަޝީދު. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ބޭނުންކުރާ "ރަށްވެހި ފަތިސް" ޕޯސްޓަރު، އެމްޑީޕީގެ މައި ހަރުގެ ފާރުގައި ކުރަހައި ކުލަ ޖައްސަވައި ދެއްވަނީ - ޔޫސުފް ސޮފްވާން ރަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ، ހޯމަ ދުވަހުގެ މެންދުރުފަހުންފެށިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕްރައިމަރީ، ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 9:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

އެމްޑީޕީން ބުނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕްރައިމަރީ އޮންނާނީ އެމްޑީޕީގެ އޮފީސް ކައިރީ ހުންނަ އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައާއި ހުޅުމާލެ ދާއިރާއާއި ވިލިމާލެ ދާއިރާގެ ޕްރައިމަރީ އެ ދެ ދާއިރާގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އޮންނާނެ ކަމަށެވެ.

މީގެއިތުރުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގެ އިތުރުން އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި ރަށްރަށުގައި ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕްރައިމަރީ ކުރިއަށްދާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ވެބްސައިޓްގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން އިއުލާން ކޮށްފަ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަކީ މުޅިން އަލަށް ޤާނޫނެއްގެ ބާރު ލިބިގެން އުފެއްދޭ ކޮމެޓީ އެކެވެ. އަންހެެނުން ބާރުވެރިކުރުމަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްޞަކޮށްފައިވާއިރު، ހަމަ އެ ޤާނޫނުގެ ދަށުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސަައްކަތްކުރާ ކޮމެޓީއެއްވެސް އިންތިޚާބު ކުރަން ލާޒިމްކޮށްފައެވެ.

އެހެންކަމުން ރާއްޖޭގައި އެއްފަހަރާ ދެ އިންތިޚާބެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަކީ އެއް ޤާނޫނެއްގެ ދަށުން ބޭއްވިޔަސް މުޅިން ތަފާތު ދެ އިންތިޚާބެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.