ކ. މާލެ
|
16 ފެބްރުއަރީ 2020 | އާދީއްތަ 03:58
ޔޫކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ
ސީ.އެން.އެން
ޔޫކްރެއިން
ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެއްކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ދޮގުކުރައްވައިފި
 
ޒެލެންސްކީ ވިދާޅުވީ އެމެރިކާ އާއި ޔޫކްރެއިން އާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއްކަމަށް
 
ޒެލެންސްކީ ވިދާޅުވީ އެގައުމުން ކޮންމެ ދުވަހަކުވެސް ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ޔޫކްރެއިން ރައީސް ވޮލްޑޮމީރް ޒެލެންސްކީ ދޮގުކުރައްވައިފި އެވެ.

ސީއެންއެން އިން ގެނެސްދޭ ކްރިސްޓިއަން އަމަންޕޯރ ޕްރޮގްރާމްގައި ޒެލެންސްކީ ވާހަކަ ދައްކަވާފައިމިވަނީ ޓްރަމްޕް ރައީސްކަމުން ވަކިކުރުމަށް ނެގުނު ވޯޓު ކާމިޔާބުކުރެއްވިފަހުން ފުރަތަމަ ފަހަރަށެވެ. ޓްރަމްޕް މަގާމުން ވަކިކުރުމަށް ކުރިޔަށްގެންދިޔަ ޝަރީޢަތުގެ މައިގަނޑު އެއް ކަމަކީ މިދިޔަ އަހަރުގެ ޖުލައި މަހު ޔޫކްރެއިންގެ ރައީސް އާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅެވެ. ޔޫކްރެއިންގެ ރައީސް އާ ފޯނުންގުޅުއްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތްފައެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ.

ޕްރޮގްރާމްގައި އަމަންޕޯރ ވަނީ ނޮވެމްބަރ މަހު ޓްރަމްޕް ފޮކްސް ނިއުސް ދެއްވި އިންޓަރވިއުއެއްގައި ޔޫކްރެއިންއަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ކޮރަޕްޓް ގައުމުކަމަށް ވިދާޅުވެފައިވާތީ އެކަމާގުޅޭގޮތުން ޒެލެންސްކީ ދެކެވަޑައިގަންނަވާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ޒެލެންސްކީ ވިދާޅުވީ އެގައުމުން ކޮންމެ ދުވަހަކުވެސް ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ކަމަށެވެ.

އެއީ ރަނގަޅު ވާހަކައެއް ނޫން. ޓްރަމްޕާއެކު މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެއްކަމަށް ވިދާޅުވެފައި. ނަމަވެސް ވަރަށް ތެދަށް ޓްރަމްޕް އަރިހުގައި ދެންނެވިން ކޮންމެ ދުވަހަކުވެސް މިދަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަމުންނޭ. އާދޭސްކޮށްފައި ބުނަން އެގޮތަށް ނުކިޔުމަށް. ޔޫކްރެއިން އަކީ ކޮރަޕްޓް ގައުމެކޭ ނުކިޔުމަށް އެދި އާދޭސްކުރަން. އެ މަންޒަރު ބަދަލުކުރަން ވަރަށް ބޮޑަށް މިދަނީ މަސައްކަތް ކުރަމުން. އެއީ ރަނގަޅު ވާހަކަ އެއް ނޫން.
ޔޫކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ

ޓްރަމްޕް މަގާމުން ވަކިކުރުމުގެ ކަންކަން ކުރިޔަށްދިޔަ އިރު ޔޫކްރެއިން އާއި އެމެރިކާގެ ގުޅުން އޮތް ގޮތާއި ގުޅޭގޮތުން އަމަންޕޯރ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޒެލެންސްކީ ވިދާޅުވީ އެމެރިކާ އާއި ޔޫކްރެއިން އާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއްކަމަށެވެ. އަދި ޓްރަމްޕްގެ ފަރާތުންނާއި އެމެރިކާގެ ފަރާތުން އެއްބާރުލުން ލިބިވަޑައިގަންނަވާކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ އެމެރިކާގައި މަޝްހޫރު ބޭފުޅަކަށް ވެވަޑައިގަތުމަށް އޭނާ އަބަދުވެސް ބޭނުންފުޅުވާ ކަމަށާއި އެހެންކަމުން ޓްރަމްޕް އާއެކު ދެވަނަ ފޯނުކޯލަކަށް ދިޔުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

ކުރީގައި ކުރި މަސައްކަތަކީ ޕްރޮޑިޔުސްކުރުން، ސްކްރިޕްޓް ލިޔުން، އެކްޓް ކުރުން. އަބަދުވެސް ބޭނުންވި އެމެރިކާގައި މަޝްހޫރު މީހަކަށް ވާން. އޮސްކާ އެވޯޑެއް ބޭނުންވި. މިއަދު މިއީ އެމެރިކާގައި ވަރަށް މަޝްހޫރު މީހެއް. މިކަމުގެ ސަބަބުން ޔޫކްރެއިން އަށް އެހީތެރިކަން ލިބޭނަމަ ޓްރަމްޕް އާއެކު ދެވަނަ ފޯނު ކޯލަކަށް ދިޔުމަށްވެސް މިހުރީ ތައްޔާރަށް.
ޔޫކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ

ޒެލެންސްކީ ވަނީ ރަޝިޔާއާ އެކު ކުރިޔަށްދާ ހަމަނުޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިން އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމަ ނުކުރާ ކަމަށާއި އެގައުމުން ކުރާ ކަމަކީ އެގައުމު ދިފާޢުކުރުން ކަމަށެވެ. އަދި ޔޫކްރެއިންގެ އެތައް ހާސް ބަޔަކު ދުނިޔެއާ ވަކިވެގެންދާ ފަދަ ކަމެއް ކުރަން ބޭނުންފުޅުނުވާކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް