ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 08:31
ބޮމުގެ ހަމަލާއެއްގައި ޝަހީދުވި ބައެއްގެ ޖަނާޒާއެއްގެ ތެރެއިން
ބޮމުގެ ހަމަލާއެއްގައި ޝަހީދުވި ބައެއްގެ ޖަނާޒާއެއްގެ ތެރެއިން
އަލްޖަޒީރާ
އެމެރިކާ - އަފްގާނިސްތާން
2019ގައި އެމެރިކާއިން އަފްގާނިސްތާނަށް ބޮމުގެ ހަމަލާތަކެއް ރިކޯޑްއަދަކަަށް ދީފައިވޭ!
 
މިހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުން މަރުވާ އަދަދު އިތުރުވޭ
 
2009 ވަނަ އަަހަރު 4147 ބޮމުގެ ހަމަލާދީފައިވޭ
 
މިދިޔަ 10 އަހަރުގެ ތެރޭގައި ބޮމުގެ ހަމަލާދީފައިނުވާ މިންވަރަށް 2019ގައި ބޮމުގެ ހަލަމާދީފައިވޭ

2019 ވަނަ އަހަރު އެމެރިކާއިން އަފްގާނިސްތާނަށް ބޮމުގެ ހަމަލާތަކެއް ރިކޯޑްއަދަދަކަަށް ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެމެރިކާގެ އެއަރ ފޯސަސް ސެންޓްރަލް ކޮމާންޑްއިން ނެރެފައިވާ ބަޔާނަކަށް ހަވާލާދީ އަލްޖަޒީރާއިން ބުނީ މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް ދީފައިނުވާ މިންވަރަށް 2019 ވަނަ އަހަރު ބޮމުގެ ހަލަމާދީފައިވާ ކަމަށެވެ.

އެގޮތުން, 2019 ވަނަ އަހަރުގެ ތެރޭގައި އަފްގާނިސްތާނުގެ އެކިހިސާބުތަކަށް 7423 ބޮމުގެ ހަމަލާތަކެއް އެމެރިކާއިން ދީފައިވެއެވެ. 2018 ވަނަ އަހަރު 7،362 ބޮމުގެ ހަމަލާ ދީފައިވާއިރު، މިއީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމާ ބަލާއިރު ތަފާތު ބޮޑު އަދަދެއްކަން އަލްޖަޒީރާއިން ފާހަގަކޮށްފައިވެއެވެ.

2009 ވަނަ އަހަރު، އޮބާމާގެ ވެރިކަމުގައި، އެމެރިކާއިން އަފްގާނިސްތާނަށް 4،147 ބޮމުގެ ހަމަލާ ދީފައިވެއެވެ. އަދި 2016 ވަނަ އަހަރު އެމެރިކާގެ ރައީސްކަމާއި ޑޮނަލްޑް ޓްރަންޕް ހަވާލުވެވަޑައިގަތުމަށްފަހު އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ކަަމަށް އެމެރިކާއިން ލޭބަލްކޮށްފައިވާ ޖަމާއަތްތަަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މިހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުން މަރުވާ އަދަދު މަތިވެފައިވާތީ އދ.ގެ މަޖިލީހުން ވަނީ ކަންބޮޑުފާޅުކޮށްފައެވެ.

ޖެނުއަރީމަހުގެ ކުރީކޮޅު އެމެރިކާއިން ތޯލިބާނުންގެ ލީޑަރަކަށް އަމާޒުކޮށްދީފައިވާ ހަމަލާއެއްގައި 60އަށް ވުރެ ގިނަ އާންމު ރައްޔިތުން ޝަހީދުވެފައިވާއިރު، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް