ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - މިނިސްޓަރ މާރިޔާ

ހެނދުނު ގަޑީގައި މުޒާހަރާ ނުކުރިނަމަ، ވެރިކަން ނުވެއްޓުނީސް: މާރިޔާ

  • ހެނދުނު ދަޅައިގައި އެކަން ނުކުރިނަމަ އެމްޑީޕީގެ ސަރުކާރު ނުވެއްޓޭނެ
  • އެމްޑީޕީއަށް ކުރާ ތާއީދު އެހެން ޕާޓީތަކަށް ވުރެ ބޮޑު
  • ބަޣާވާތް ގެނައީ ވެރިކަމުގެ ދަހިވެތިކަމުގައި

ދާނިޝް ނިޡާމް
Dhaanish_Nizam

ކ. މާލެ 25 ޖެނުއަރީ 2020 | ހޮނިހިރު 14:21 46,083

އެމްޑީޕީގެ ''އެޖެންޑާ 19 ރަށަށް'' މާލެގައި ފެށި ވޯކްޝޮޕްގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

2012 ވަނަ އަހަރުގައި އެމްޑީޕީގެ ވެރިކަން ވެއްޓުނީ ހެނދުނުގެ ވަގުތުގައި މުޒާހަރާކުރުމުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ''އެޖެންޑާ 19 ރަށަށް'' މާލެގައި ފެށި ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އެމްޑީޕީ މެމްބަރުންނަކީ އާންމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫންކަމަށާއި 7 ފެބްރުއަރީގައި އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ހެނދުނު ދަޅައިގައި ޖެހި "އެޓެމްޕްޓަކުން" ކަމަށެވެ. މިނިސްޓަރ ވަނީ ހެނދުނު ދަޅައިގައި އެކަން ނުކުރިނަމަ އެމްޑީޕީގެ ސަރުކާރު ނުވެއްޓޭނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

އަޅުގަނޑުމެންނަށްވެސް އެނގޭކަމެއް އެމްޑީޕީމީހާ އާންމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް 7 ފެބްރުއަރީގައިވެސް އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ، ހެނދުނު ދަޅައިގައި ޖެހި އެޓެމްޓަކުންނޭ، އެހެން ނޫންނަމަ ހަމަ ސީދާ ހުރިހާ ރައްޔިތުން އެމްޑީޕީގެ މި ފޯރީގައި ހިފައިގެން އެމްޑީޕީގެ ސަރުކާރު ވެއްޓިޔަ ނުދޭނެކަން.

~ މިނިސްޓަރ މާރިޔާ

ވޯރކްޝޮޕްގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، އެމްޑީޕީގެ ޓިކެޓްގައި މާލެސިޓީ ކައުންސިލަށް ކުރިމަތިލާން ތިބި މީހުންގެ އަދަދު އެހެން ޕާޓީއެއްގައި މުޅި ރާއްޖޭގައި ކެމްޕެއިން ކޮށްލަން ނިކުންނާނެ މީހުންގެ އަދަދަށް ވުރެން ގިނަކަމަށް ވިދާޅުވެފައެވެ.

7 ފެބްރުއަރީގައި ބާޣާވާތް ގެނައިއިރު، ރާއްޖޭގައި އޮތީ ތަރައްގީވެފައިވާ އެހެން ގައުމުތަކުގައިވެސް އޮންނަ ކަހަލަ، ރައްޔިތުންގެ ރުހުމާއި ވޯޓުން އިންތިޚާބު ކޮށްފައިއޮތް ވެރިކަމެކެވެ. މެނިފެސްޓޯ އަކާއި ވަޢުދުތަކެއް ރައްޔިތުންނަށް ހުށައަޅައި، އެކަންތައް ރައްޔިތުން ބޭނުންވެގެން އެމީހުން އިންތިޚާބުކުރި ވެރިކަމެކެވެ. އެއީ، އެވެރިކަމުގައި، ދުވަހަކުވެސް ރާއްޖެ ދެކެފައިނުވާފަދަ، މިނިވަންކަމަކާއި ބާރެއް ރައްޔިތުންނަށް ލިބި، އެމީހުންގެ އަސާސީ ބޭނުންތަކަށް ސަލާންޖަހަން މަހުޖަނުންގެ ގާތަށް ދާން ނުޖެހޭ ނުވަތަ ވެރިކަން ކުރާ ފަރާތަށް އަޅުދާސްވާން ނުޖެހޭ ވެރިކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް